ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ރައްޔިތުން މިރޭ ބޭއްވި ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މި ޖާފަތް އޮތީ ދަނގެތީ ބަނދަރު ސަރަޙައްދުގައެވެ. މިރޭގެ ޙަފްލާގައި، މުނިފޫހިފިލުވުމުގެ ތަފާތު ޙަރަކާތްތައް ހުށަހަޅައިދިނުންވެސް އޮތެވެ.