އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހިންގަވާ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ
މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނެޖިންގ ޑިރެކްޓަރ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހިންގަވާ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނެޖިންގ ޑިރެކްޓަރ، އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.