ތުރުކީގެ ބޮޑުވަޒީރު، ރެކެޕް ތައްޔިބް އެރްތުޤާން، އެޤައުމުގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިއަދު ‏ބައިވެރިވެވަޑައިގެންފިއެވެ. ތުރުކީގެ އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ބުރާސްފަތިދުވަހު އަންކާރާގައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މި ދަތުރުފުޅުގައި، ތުރުކީގެ އާ ބޮޑުވަޒީރު އަޙްމަދު ދާވުތުﷲ އާއި، ޤަޠަރުގެ ޢަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީއާ ބައްދަލުކުރެއްވިއެވެ.