‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ‏‏ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު، ‏‏ހޮނުހިރުދުވަހުގެ ރޭ މާލެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ‏މި ދަތުރުފުޅުގައި، ހުވަދުއަތޮޅު ‏‏އުތުރުބުރީ މާމެންދުއަށާއި، ކަނޑުހުޅުދުއަށާއި، ދާންދުއަށާއި، ނިލަންދުއަށް ‏‏ވަޑައިގެން ‏އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. ‏އަދި، އެރަށްރަށުގައި ހިންގަމުންދާ ‏‏ތަރައްޤީގެ މަޝްރޫޢުތަށް، ވަކިން ޚާއްޞަކޮށް، ރައްޔިތުންނަށް ލިބިދޭ ޞިއްޙީ ޚިދުމަތްތަކުގެ ‏‏ފެންވަރު ރަނގަޅު ކުރުމާބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރެއްވިއެވެ.‏