ފިޠުރު ޢީދާ ގުޅިގެން މިއަދު ހަވީރު ސަލްޓަން ޕާރކުގައި ބޭއްވި ”ކުޑަކުދިންގެ ހަވީރު” ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުޑަކުދިންނާއި ޢާއިލާތަކާ ބައްދަލުކުރައްވައި، ފިޠުރު ޢީދުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ބައްލަވައިލެއްވިއެވެ.

ފިޠުރު ޢީދާ ގުޅިގެން ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި، ވަރަށް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަށް ބައިވެރިވިއެވެ.