ރައީސުލްޖުމްހޫރިއްޔާ، [މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ]ގެ ނަން [މިނިސްޓްރީ އޮފް ހެލްތް]ގެ ނަމަށް މިއަދު ބަދަލުކުރެއްވުމާ ގުޅިގެން، މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ގަލޮޅު މަނާމް ޑޮކްޓަރ މަރްޔަމް ޝަކީލާ މިއަދު ޢައްޔަނު ކުރައްވައި، އެ ކަމަނާއަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ޑޮކްޓަރ މަރްޔަމް ޝަކީލާއަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޑޮކްޓަރ މަރްޔަމް ޝަކީލާއަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެކަމަނާ ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެކަމަނާ ސޮއިކުރެއްވިއެވެ.