‏އަ‏އްޑޫ ޒޯން ސްޓޭޑިއަމްގެ ނަން، އައްޑޫ ފުޓްބޯޅަ ދަނޑަށް ބަދަލުކޮށް، އެ ދަނޑު ރަސްމީގޮތުން ‏‏ހުޅުއްވައިދެއްވުމުގެ ‏‏ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ‏‏ބައިވެރިވެވަޑައިގެންފިއެވެ.‏

އައްޑޫ ފުޓްބޯޅަ ދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވީ، ކުރީގެ ރައީސް އަލްއުސްތާޛު ‏‏މައުމޫން ޢަބްދުލްޤައްޔޫމެވެ. ދަނޑު ރަސްމީގޮތުން ހުޅުވިގެން ދިޔައީ، ދަނޑުގެ ރޮސްޓްރަމްގެ ތިރީގައި ‏‏ހަރުކޮށްފައިވާ ސްޓޭޑިއަމްގެ އާ ނަމުގެ ފަރުދާ، އެމަނިކުފާނު ކައްސަވާލަ ދެއްވުމުންނެވެ.‏