‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ޔޫ.އޭ.އީ.ގެ ‏‏ޚަލީފާ ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް، މުޙަންމަދު އަލްޚޫރީއާ ބައްދަލުކުރައްވައިފިއެވެ. ‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ‏‏ރާއްޖޭގެ ތަރައްޤީއަށް ޚަލީފާ ފައުންޑޭޝަންގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ‏‏އެޖަމްޢިއްޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ޝުކުރު އަދާކުރެއްވިއެވެ. އަދި އިޖްތިމާޢީ ގޮތުން، ‏‏ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި، ޚަލީފާ ‏‏ފައުންޑޭޝަނުގެ ‏އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ‏‏ދެއްކެވިއެވެ‏‎.‎