ގަލޮޅު ރަސްމީ ދަނޑު، ޤައުމީ ފުޓްބޯޅަ ދަނޑަށް ރީބްރޭންޑް ކުރުމަށްފަހު، އެ ދަނޑު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑު ރަސްމީގޮތުން ހުޅުވިގެން ދިޔައީ، ދަނޑުގެ ރޮސްޓްރަމްގެ ތިރީގައި ހަރުކޮށްފައިވާ ޕްލާކުގެ ފަރުދާ، ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަ ދެއްވުމުންނެވެ. އެއަށްފަހު، އެމަނިކުފާނު ރޮސްޓްރަމް ބައްލަވައިލެއްވިއެވެ.