ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮންގމޫން ޗޮއިގެ އަނބިކަނބަލުން މިސިޒް ސޫން ޖުއި ޕާރކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢްލީމު ދިނުމާއި، އެފަދަ ކުދިން މުޖުތަމަޢުގައި އުފެއްދުންތެރި ބައެއްގެ ގޮތުގައި ބޮޑުކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.