ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމަށް، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ރޯޒްމާގޭ އަލްފާޟިލް ޢަބްދުﷲ އަމީން، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ފަތްކޮޅު، އެމަނިކުފާނާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.