ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގެ މަޤާމަށް، މާފަންނު ކޮތަންމާގޭ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ. މިމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ފަތްކޮޅު، އެމަނިކުފާނާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.