ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް އިތުރު 6 މެންބަރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި 6 ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހަވީރު 4 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި 6 މެންބަރުންނާއި، އެބޭފުޅުން ޢައްޔަން ކުރެއްވި މަޤާމުތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ގއ. މާމެންދޫ ސަޢީދު މަންޒިލް.

2. މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް އަލްފާޟިލް ޢުމަރު ނަޞީރު ހ. ދޮންޖޭމުގެ.

3. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމަށް ޑޮކްޓަރ މުޙަންމަދު ޝައިނީ ހ. ރޯޒްބީމް.

4. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް އަލްފާޟިލް މުޙަންމަދު ސަޢީދު ހއ.ތުރާކުނު ވިނަރެސް.

5. މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ޑޮކްޓަރ މުޙަންމަދު މުޢިއްޒު މ. ދިމްޔާތު.

6. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކަމަށް އަލްފާޟިލް ޠާރިޤު އިބްރާހީމް ގ. ނޫމަރާހިޔާ.