ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ގަލޮޅު އުފާ އަލްފާޟިލް އަޙްމަދު މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މި މަޤާމަށް އެމަނިކުފާނު ޢައްޔަނު ކުރައްވާފައިވަނީ، ވަޒީރުން ފެންވަރުގައެވެ.

އަޙްމަދު މުޙަންމަދަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އަޙްމަދު މުޙަންމަދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވާ، އަޙްމަދު މުޙަންމަދު ކުރެއްވިއެވެ.