ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން އެމެރިކާ ސަރުކާރުން ނައިބު ރައީސަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެމެރިކާ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަވާ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް އެހީތެރިވެވޭނެ ދާއިރާތަކުގެ މައްޗަށްވެސް ދެބޭފުޅުން ބައްލަވާލެއްވިއެވެ.