ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ ޝާޒޭ ޑީ އެފެއާޒް، ވިލިއަމް ވައިންސްޓެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، އިޖުތިމާޢީ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިއަހަރު ސެޕްޓެމްބަރުމަހު ރާއްޖޭގައި މިބޭއްވޭ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.