އިޤްޠިޞާދު
29
50 * ރައްޔިތުންނަށް އިޤްޠިޞާދީ ތަރައްޤީގެ މަންފާ އާއި ލާބަ، އިންސާފުވެރި، ހަމަހަމަ ގޮތެއްގައި ފޯރުކޮށް ދިނުން.
* އިޤްތިޞާދީ ތަރައްޤީއާއިއެކު އަސާސީ ޚިދުމަތްތަކާއި ވަޒީފާ އާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށް ދިނުން.
* ރައްޔިތުންގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އިތުރުކުރުމަށް ތަފާތު އިޤްޠިޞާދީ ޙަރަކާތްތައް އިތުރުކޮށް އައު ސިނާޢަތްތައް ތަޢާރަފްކޮށް އެކަންކަން ކުރެވޭނެ މަގުފަހިކޮށް ދިނުން.
* އިޤްޠިޞާދީ ޙަރަކާތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާއާއި، ކްރެޑިޓްއާއި މިނޫންވެސް އެހެނިހެން މާލީވަސީލަތްތައް ތަނަވަސް ކޮށްދިނުން.
51 * ގޭތެރޭގައި އަންހެނުން ކުރާ ވަރަށް ގިނަ، ބުރަ މަސައްކަތަކީ އެ މަސައްކަތުގެ އަގު އެކަށީގެންވާވަރަށް ވަޒަންނުކުރާ މަސައްކަތްކަމާއި، އަދި އެއީ އެއްވެސް އުޖޫރައެއް ނެތި ކުރާ މަސައްކަތްތަކަށް ވާތީ، މި ބުރަ ލުއިކޮށް ދިނުމުގެ ގޮތުން ސިޔާސަތްތަކެއް އެކަށައަޅައި، ތަންފީޒް ކުރުން.
30
52 * ދެމެހެއްޓެނިވި އުޞޫލަކަށް ކަރަންޓުގެ އަގު ކުޑަކުރުން.
* ޢާންމު ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަމަށް ރިޢާޔަތްކުރެވި، އެއްވެސް ޢާއިލާއަކަށް ބުރަޔަކަށް ނުވާނޭކަން ކަށަވަރުކުރުމަށް ސަބްސިޑީ ފޯރުކޮށްދިނުން.
* ތެލަށް ކުރާ ބޮޑު އިސްރާފު ދަށްކުރެވި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުން.
53 * ރާއްޖޭގެ އެއްވެސް ރަށަކީ ބޯފެނަށް ނުޖެހޭ ރަށެއްކަން ކަށަވަރު ކުރުން.
* ހުރިހާ ރަށެއްގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމްކުރުން.
* ބޯފެނަށް ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުން.
54 * ރީސައިކްލް ކުރެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޤާއިމްކޮށް، އަލުން ބޭނުން ކުރެވޭނެ މަގުތައް ފަހިކޮށްދީ، ކުންޏަކީ އާމްދަނީ ލިބޭ ވަޞީލަތަކަށް ބަދަލުކުރުން.
* ޕްލާސްޓިކާއި ވެށްޓަށް ގެންލުންދޭ ބާވަތްތައް އެތެރެކުރެވޭ މިންވަރާއި އުފެދޭ ކުނި މަދުކުރެވި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި ކުނީގެ މައްސަލަ ޙައްލުކުރުން.
55 * ޔޫޓިލިޓީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން، އެންމެ ފުރިހަމަކޮށް ފޯރުކޮށްދިނުމަށްޓަކައި އެ ޚިދުމަތްތައް ސަރަޙައްދީ ކުންފުނިތަކަކަށް ބަދަލުކުރުން.
31
56 * ބަނދަރު ހެދުމާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައް ރަށްރަށުގެ ޤުދުރަތީ މާޙައުލާއި ބީރައްޓެހި ނޫން އައު ސިފަޔަކަށް ކުރެވޭ މަސައްކަތަކަށް ބަދަލުކުރުން.
* ސިމެންތި ތޮއްޓާއި ގަލާއި ބޮޑުހިލަ ޖެއްސުމުގެ އަގުބޮޑު، ވިސްނުން ދޫކޮށް، ޒަމާނީ ފެންވަރަށް އުފެއްދޭ ޖަޒީރާ ރަށުގެ ފަރު ތަޢާރުފުކުރުން.
* ޒަމާނީ ފެންވަރަށް އުފެއްދޭ ޖަޒީރާ ރަށުގެ ފަރު ރަށުގެ ވަށައިގެން ފަނާވަމުންދާ ފަރާއި ފަޅުތެރޭގައި އަތުރާ، ރަށުގެ ސަލާމަތްކަން ޤުދުރަތުން ލައްވާފައިވާ ނިޒާމާއި ފުށުނާރާ ގޮތަށް ބަދަލުކުރުން.
* ރަށްރަށުގެ ފަޅާއި ފަރުތަކުން ހޯދެން އޮތް އިޤްޠިޞާދީ މަންފާއަށްޓަކައި އެތަންތަން ދިރުވުމުގެ މަސައްކަތް ހިންގާން ފެށްޓުން.
32
58 * ދިވެހި އިޤްޠިޞާދުގެ ރޫފަހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުން.
* މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުން.
* މަހަށްފުރުވުމުގެ ބޭނުމުގައި ފަށަންދަމައި ބަނދެގެން ބާލާފައިވާ އެންމެކުޑަ ބޮއްކުރާއިން ފެށިގެން ބޮޑެތި ބިޔަ ކަންނެލި އޮޑިފަހަރުވެސް މަހަށްނުކުމެ ބާނާ އެއްޗަކުން އިސްރާފުވުމެއްނެތި ހަމައަގު ލިއްބައިދިނުން.
59 * މަސްވެރިކަމުގެ ދާއިރާގައި އަންހެނުން އަދާކޮށްފައިވާ ބުރަ ބަލައިގަނެ، އަންހެނުންގެ ދައުރު ހަރުދަނާކުރުމަށް ފިޔަވަޅުއެޅުން.
60 * މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނުއެޅުމަށް ލުއިފަސޭހަ ލޯނު ސްކީމެއް ތަޢާރުފުކުރުން.
* މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހިންގުން.
33
61 * ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓައިލުން.
* ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދީ، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ހުޅުވާލުން.
34
62 * ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔުހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނައުން.
* މަސްވެރިކަން ތިޔާގިވުމާއެކު ބޭނިމަހުގެ އެއްބައި އުކާލަން ނުޖެހޭގޮތަށް ސީދާ ބޭރުގެ (ސިލޯނުފަދަ) މާކެޓްތަކަށް ވިއްކޭނޭ ނިޒާމެއް އެ ޤައުމުތަކާއި މެދު ވެވޭ އެއްބަސްވުމުގެ ދަށުން ޤާއިމްކުރުން.
* ތެލާއި އައިސް އަދި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވާން ނުޖެހޭނެ އިންތިޒާމެއް ތަޢާރަފްކޮށް، ރާއްޖޭގެ މުޅި އިޤްޠިޞާދީ ސަރަޙައްދު ބޭނުންކުރެވޭނޭ މަގު ދިވެހި މަސްވެރީންނަށް ފަހިކޮށްދިނުން.
35
63 * ކަންނެލީގެ އަގު ބޮޑުކުރުމަށް ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން ޢާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަޙައްދުތަކެއް ފާހަގަކޮށް ހެދޭ އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ޤާއިމްކުރުން.
* އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތަކުން އައިސް އާއި ތެޔޮ އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
* ސައިހޮޓަލާއި މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ޚިދުމަތްތައް އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތަކުން ލިބި، ދެކޮޅު ދަތުރުގެ ފައިދާ އިތުރުކުރެވޭނޭ ނިޒާމެއް ޤާއިމްކުރުން.
36
64 * ކުދި އުޅަނދު ފަހަރަށް މަސްވަރިކަންކޮށް ފައިދާއެއް ހޯދުމުގައި ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުން.
* ރަށްރަށުގަޔާއި އަމިއްލަ ގޭގޭތެރޭގައިވެސް ކުދި މަސްޕްލާންޓް ހަދާ ހިންގޭނެފަދަ ހަމަތައް ތަޢާރަފްކުރުން.
* ކައުންސިލް ތަކާއެކު ހެދޭ ކުންފުނިތަކަކުން ރަށަށް ބާނާ މަސްގަނެ، ތަފާތު ބާވަތްތައް ތައްޔާރުކޮށް، ބަންދުކޮށް، ރަށުން ބޭރުކުރަން ފެށްޓުން.
37
65 * ރާއްޖޭގެ އިޤްޠިޞާދު ފުޅާކުރުމަށްޓަކައި ރާއްޖޭގެ ޤުދުރަތީ މާޙައުލާ ގުޅޭގޮތަށް މޫދުގޮވާމާއި ކުޅީގައި ގޮވާންކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ހުޅުވާލުން.
* ރާއްޖޭގެ ކަނޑުފަޅާއި ކުޅިފަދަ މާޙައުލުތަކުގައި ދިރުވާ އާލާކޮށްގެން ނަފާހޯދޭނޭ ބާވަތްތައް ދެނެގަނެ، އެ ބާވަތްތަކުގެ އެންފަންޏާއި ބިސް ހިމެނޭ ހެޗަރީތައް އުތުރާއި ދެކުނުގައި ޤާއިމްކުރުން.
* ހެޗަރީތައް ހިންގުމަށްޓަކައި ހުރިގޮންޖެހުންތައް ހަނިކުރުމަށް ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރުން.
66 * އަމިއްލަ ފަރާތްތަކަށް މެރިކަލްޗަރގެ މަސައްކަތްކުރުމަށްޓަކައި މާލީއެހީތެރިކަމާއި ލުއި ލޯނު ލިބޭނެ މަގު ފަހިކުރުން.
* މެރިކަލްޗަރގެ މަސައްކަތް ހިންގުމަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން.
67 * މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރެވޭނެ ގޮތްތައް ބަލައި، މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެގޮތްތައް ހޯދުން.
* ފަރުމަސްވެރިކަން ރަނގަޅުކޮށް އެ މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ފަރުމަސް ކަލެކްޝަން ޕޮއިންޓްތައް އެކި ސަރަޙައްދުތަކުގައި ހެދުން.
* މަސްމާރުކޭޓްތައް ރަނގަޅު ފެންވަރަކަށް ހެދުން.
68 * ހުނަރު ޕްރޮގްރާމްގެ ދަށުން މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ހިންގައި، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ދިވެހީން ނެރުން.
* މަސްވެރިކަން ކުރުމުގެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީ ދިވެހި މަސްވެރީންނަށް ފޯރުކޮށްދިނުން.
69 * މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެން ފެކްޓްރީ ޤާއިމްކޮށް، އެންވެރިކަން އާލާކުރުމުގެ މަސައްކަތް ފެށްޓުން.
38
70 * ޒަމާނީ އެގްރިދަނޑުގައްޔާއި، ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވާމުންނާއި، ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކާނާ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓު މެދުވެރިކޮށް ފޯރުވާ، އެތަކެތި ވިއްކޭނެ ފަދަ އެގްރި ސެންޓަރު ޤާއިމްކުރުން.
* ހައްދާ ތަކެތި ގިނަކޮށް، އެ ވިއްކި، އެއިން ފައިދާ ލިބޭނޭ ކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިޔާއަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުން.
71 * ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ތަޢާރަފްކޮށް ކެމިކަލް ބޭނުން ކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމަށް އަމާޒުހިފުން.
72 * ޒަމާނުއްސުރެ ރާއްޖޭގެ ދަނޑުވެރިކަމުގައި ނަގާކިޔާފައިވަނީ އަންހެނުން ކަމުގައިވާތީ، އެގްރިވިޔަފާރީގެ އެންމެ ބޮޑު ފައިދާ ނެގުމަށްޓަކައި ދަނޑުވެރި އަންހެނުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ތައާރަފްކުރުން.
39
73 * ހުނަރު ޕްރޮގްރާމްގެ ދަށުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދަނޑުވެރިކަމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ދިވެހި ދަނޑުވެރިން ބައިވެރިކޮށް ތަމްރީނުކުރުން.
* ދަނޑުވެރިކަން ކުރާ، އަދި އަލަށް ފަށާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ލޯނު އެހީ ފޯރުކޮށްދިނުން.
* ދަނޑުވެރިކަމުގައި އަންހެނުންނަށް އިސް ދައުރެއް އަދާކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމްތައް ހިންގުން.
* ދަނޑުވެރި އަންހެނުންނަށް ޚާއްޞަ މާލީ އެހީތެރިކަމާއި ލުއި ލޯނު ސްކީމެއް ތަޢާރަފުކުރުން.
74 * ޖާގައޮތް ކޮންމެ ރަށެއްގައި އެގްރިދަނޑު އެޅި، ފަސޭހައިން ދަނޑުވެރިކަން ކުރާނެ ނިޒާމެއް ޤާއިމްކުރުން.
* ޖާގަ ނެތް ރަށްރަށާ ކައިރިން ފަޅުރަށްރަށުގައި އެގްރިދަނޑު އަޅައިދީ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ހުޅުވައިލުން.
* ކުއްޔަށްދޭ އެގްރިދަނޑުތަކުން ފެން، ކަރަންޓް، މުޑުވައް، ގަސްކާނާ، އަދި ދަނޑުވެރިކަން ކުރަން ބޭނުންކުރާ އެކިއެކި ވަޞީލަތްތައް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުން.
75 * ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ފަސޭހައިން ލިބޭނެގޮތް ހަދައިދީ، ރާއްޖޭގައި އުފެއްދެންހުރި ތަކެތި ދެނެގަނެ، އެތަކެތި އުފެއްދުމަށް މަސައްކަތްކުރުން.
* ފެނުގައި ދަނޑުވެރިކަން ކުރާނެ ހައިޑްރޯޕޮނިކްސް ނިޒާމްތައް ހެދުމަށް ލުއި ލޯން ދޫކުރުން.
* އޯގަނިކް ފާރމިންގ ދިރުވުމަށް މަސައްކަތްކުރުން.
76 * ރަށުގައި ހައްދާ ތަރުކާރީ އާއި މޭވާ އަދި އެހެނިހެން ތަކެތި ހަލުއިކަމާ ތާޒާކަމާއެކު ބާޒާރު ބަނދަރުތަކާ ރިސޯޓްތަކަށް ފޯރުކޮށްދޭން ޚާއްޞަކުރެވިފައިވާ އެގްރިބޯޓް ތައާރަފްކުރުން.
* ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުފައްދާ ތަކެތި ގެއްލިގެންނުދާ ގޮތެއްގައި އޭގެ އާމްދަނީ ދަނޑުވެރިންނަށް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ރަނގަޅު އަގެއްގައި މިތަކެތި ގަންނާނެ ގައުމީ ކޯޕަރޭޝަންއެއް ޤާއިމްކުރުން.
* ރާއްޖޭގައި ހައްދާ ތަކެތި ތާޒާކަންމަތީގައި ރާއްޖޭގެ ފިހާރަތައް، ރިސޯޓްތައް، ރެސްޓޯރަންޓްތައް އަދި މާރުކޭޓްތަކަށް ލިބިދޭނެގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން އުތުރާ ދެކުނުގައި އެގްރިސެންޓަރުތައް ގާއިމްކުރެވި، ޒަމާނީ މުއާސަލާތުގެ ނިޒާމަކުން ދަނޑާއި އެގްރިސެންޓަރުތައް ގުޅައިލުން.
77 * ރާއްޖޭގައި ޢާންމުކޮށް ހައްދާ ތަކެތި އިމްޕޯޓްކުރުމަށް އޮތް އުޞޫލު، ދިވެހި ދަނޑުވެރިންނަށް ފައިދާވާނެގޮތަށް ބަދަލުކުރުން.
* ޤައުމީ އުފެއްދުންތެރިކަމުގައި އެގްރިވިޔަފާރި ހިއްސާވާ މިންވަރު މަތިކުރުން.
40
78 * ޕޯލްޓްރީ ފާމިންގ (ކުކުޅުހާ ގެންގުޅުން) ފުޅާ ދާއިރާއެއްގައި ހިންގުމަށް ބޭނުންވާ އިންތިޒާމްތަކާއި ވަޞީލަތްތައް ޤާއިމްކުރުން.
* ރާއްޖެއަށް ބޭނުންވާ ކުކުޅުބިހާއި ކުކުޅުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރަންޖެހޭ މިންވަރު ދަށްކޮށް، އުފެއްދުންތެރިކަން އިތުރުކުރުން.
41
79 * ޖަޒީރާވަންތަކަން ނަގާލެވޭ ގޮތަށް ރަށްރަށުން މީހުން ބާލައިގެން ގެނެސް އެއްފަސްކޮށް ތޮއްޖެއްސުމުގެ ބަދަލުގައި ޖަޒީރާވަންތަ ސިފަޔާއި ފުށުނާރާގޮތަށް ރަށު ބަންދުން ފިލުވުމުގެ ސިޔާސަތުތައް އެކަށައެޅުން.
* ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އާބާދީތައް ގުޅުވާލުން.
80 * އަމިއްލަ ރަށުގައި ޢާއިލާއާއެކު ފިތިބާރުނުވެ ދިރިއުޅެމުން، ފަސިންޖަރުންނާއި މުދަލާއި ޚިދުމަތް އެއްރަށުން އަނެއް ރަށަށް ފޯރުވައިދެވޭނޭ ހަރުދަނާ އިންތިޒާމެއް ޤާއިމްކުރުން.
81 * ދަތުރުފަތުރުކުރުމުގެ ރައްކާތެރިކަން އަންހެނުނަށް ކަށަވަރުވާނެހެން ނިޒާމް ބައްޓަންކުރުން.
42
82 * ގުޅިލާމެހިފައިވާ އިޤްޠިޞާދީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މިހާރަށްވުރެވެސް ބޮޑަށް އެއްރަށް އަނެއް ރަށާއި މުޅި ރާއްޖެ ގުޅާލުން.
* ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހުރިހާ ރަށެއްގެ ލަފާފުރުމާއި، އަރާފޭބުން މިހާރަށްވުރެ ފަސޭހަކުރުން.
* ހުރިހާ ރަށެއްގައި ބަނދަރު ހަދާ ނިންމައި، މިތަންތަނަކީ އިޤްޠިޞާދީ ޙަރަކާތްތައް ހިނގާ ބާޒާރު ބަނދަރުތަކަށް ހެދުން.
83 * މުޅި ރާއްޖެ ގުޅިލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ތަރައްޤީކުރުން.
* ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މުދާ އުފުލުމަށް ބޭނުންކުރާ ސަޕްލައި ފެރީތައް ތަޢާރަފްކުރުން.
* ކޮންމެ ރަށެއްގައި ފެރީގިމަތައެއް ޤާއިމްކުރުން.
* އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފައިވާ ގޮތާއި ތާވަލް ފެންނާނެ ގޮތަށް ބެހެއްޓުން.
* ކަނޑުގައި ދުއްވާ އަމިއްލަ އުޅަނދުފަހަރަށްވެސް މިވިޔުގައިގެ ތެރެއިން ޖާގަ ފަހިކޮށްދިނުން.
* ކުރާ ދަތުރުތަކުގެ ދެކޮޅުދަތުރަށް ފަސިންޖަރުންނާއި އަގު ލިބޭނޭ ގޮތްތައް ހޯދައި، އަނދާ ތެލުގެ އިސްރާފު މަދުކުރުން.
43
84 * އެއް ފަޅެއްގެ ތެރޭގައި ފާލަމަކުން ގުޅާލެވޭގޮތައް ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް، އެ ރަށްތައް އެއްރަށް އަނެއްރަށާ ފާލަމަކުން ގުޅާލުމުގެ މަސައްކަތް ކުރުން.
44
85 * އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ވަރަށް ބޮޑުތަނުން ކުޑަކުރުން.
* ގެސްޓުހައުސް ވިޔަފާރި އިތުރަށް ކުރިއެރުވުމަށާއި،  މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ގެސްޓުންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނެގެމުންދާ އިންތިހާއަށް ބޮޑު އަގުތައް އެމީހުންނަށް ބުރައަކަށް ނުވާވަރަށް ތިރިކުރުން.
* ވައިގެބަނދަރުތަކާއި އަތޮޅުތަކުގެ ފެރީނިޒާމާއި ގުޅުވާލާ، މުޅިރާއްޖެއަށް ހުރަހަކާނުލާ ދަތުރުފަތުރު ކުރެވޭނޭ ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުން.
86 * ރާއްޖެއާއި ރާއްޖެއިންބޭރާއި ގުޅާލެވޭ ވައިގެ ގުޅުންތައް ހަމައެކަނި ހުޅުލޭ  ވައިގެބަނދަރަށް ބަރޯސާކޮށްފައި ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަޤްވާމީ ފެންވަރަށް ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމްކުރެވިފައިވާ ބައިނަލްއަޤްވާމީ ދެ ވައިގެބަނދަރު ޤާއިމްކުރުން.
* ބައިނަލްއަޤްވާމީ ވައިގެބަނދަރުތަކުގެ ސަރަޙައްދުތަކުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ސީދާ ބޭރަށް ދަތުރުކުރެވުމާއި ވައިގެ މަގުން އެ ސަރަޙައްދުތަކަށް މުދާ އުފުލުމުގެ ދޮރު ހުޅުވާލެވި ދެކުނާއި އުތުރުގެ ވިޔަފާރި ފުޅާކުރުން.
45
87 * ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާގޮތެއްގައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުމަށް ތަޢާރަފްކުރި ގެސްޓްހައުސްގެ ވިޔަފާރި ބޮޑަށް ފުޅާކޮށް ތަރައްޤީކުރުން.
* ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރުވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓްހައުސްގެ އިތުރުން، އައިލެންޑް ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފްކުރުން.
88 * ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގައި އިސްލާމްދީނާ ފުށުނާރާގޮތަށް އަދި ދިވެހިވަންތަކަމަށް އުނިކަން ނާންނާނެ ގޮތަށް ސިޔާސަތުތަކާއި އުޞޫލުތައް ބައްޓަންކުރުން.
* ގެސްޓްހައުސް ވިޔަފާރި ބައްޓަންކުރުމުގައި ހަރުދަނާ ޤަވާއިދުތަކެއް ތަޢާރަފް ކުރެވި ދިވެހިންނާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ކަށަވަރުކުރުން.
* ފަތުރުވެރިކަން އިތުރަށް  ފުޅާކުރުމުގެ ގޮތުން އިސްލާމިކް ޓުއަރިޒަމް ތަޢާރަފްކޮށް، ތަރައްޤީކުރުން.
46
89 * ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާކިޔުމާ، ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޕްލޭންތައް ހެދުމާއި، ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ޚިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާ، ރަށް މާކެޓްކުރުން ހިމެނޭގޮތަށް، ރަށުގެ ފަތުރުވެރިކަމުގެ ޕްލޭން، ލޭންޑް ޔޫޒް ޕްލޭން އާއި އެއްގޮތަށް ރަށު ކައުންސިލުން ކަނޑައެޅުން.
90 * ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިހާރު އޮތް ބަޖެޓް ތިންގުނައަށް އިތުރުކޮށް ރިސޯޓްތަކުގެ އިތުރުން ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިސްތިހާރުކުރަން ފެއްޓުން.
* މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތެރޭގައި ލޯކަލް ޓޫރިޒަމްގެ ޚިދުމަތަށް ކަނޑައެޅިފައިވާ ސެކްޝަނެއް ޤާއިމްކޮށް ލޯކަލް ޓޫރިޒަމް ހަރުދަނާކުރުން.
91 * ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ މަސައްކަތާއި ވަޒީފާގެ ފުރުޞަތުތައް ޢާއްމުކޮށް އިތުރުކުރުމާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހިންގުމުގެ ދާއިރާގަ އާއި ފަންނީ މަޤާމުތަކުގައި ދިވެހިން ހިމެނޭ މިންވަރު އިތުރުކުރުން.
* ކޮންމެ އަތޮޅަކަށްވެސް އެކަށީގެންވާ މިންވަރަށް ޓޫރިޒަމް ތަޢާރަފްކުރެވި، ޢާއިލާއާއި ދުރުގައި ވަޒީފާ އަދާކުރުމުގެ މައްސަލަ ކުޑަކުރުން.
47
92 * ރާއްޖޭގެ އުތުރާއި ދެކުނާއި، އަދި މެދުރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޑިއުޓީ އާއި ޓެކްސް ލުއިކުރެވި އިޤްޠިޞާދީ މަރުކަޒްތަކެއް ޤާއިމްކުރުން.
* އިޤްޠިޞާދީ މަރުކަޒުތަކުގައި ވިޔަފާރީގެ ފުރުޞަތުތަކާއި އިޤްޠިޞާދީ ޙަރަކާތްތައް މާލެއަށްވުރެ ލުއިފަސޭހަ ކުރުން.
* ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކުރެވިފައިވާ ސީ ޕޯރޓްތަކަށް ރާއްޖެއިން ބޭރުން ގެނެސް ބޭލޭ މުދަލަށް ދައްކަންޖެހޭ ޓެކްސްތައް ކުޑަކުރެވި އެ ސަރަހައްދުތަކުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތު ނުހަނު ތަނަވަސް ކޮށްދެވޭނެއެވެ.
* އިޤްޠިޞާދީ މަރުކަޒުތައް ޤާއިމްކުރެވޭ ސަރަޙައްދުތަކުގައި ސަރަޙައްދީ ތަރައްޤީގެ މަސައްކަތް ހިންގި، ޒަމާނީ ފެންވަރުގެ އުމްރާނީ ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމްކުރެވި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވިގެން ދިއުން.
48
93 * ވިޔަފާރިތަކަށް ދަތިވާ ގޮތަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެދިފައިވާ ޤަވާޢިދުތައް އިޞްލާޙުކުރެވި ވިޔަފާރިވެރިންނަށް ހުރި އުނދަގޫތަކާއި ހުރަސްތައް ދެނެގަނެ އެކަންކަން ނައްތާލެވި ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރުމަށް ފަހި ވިޔަފާރި މާޙައުލެއް ޤާއިމްކުރުން.
* ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ އާއި ފަންނީ އެހީތެރިކަން ފޯރުވާދިނުމަށް ޚާއްޞަ މަރުކަޒުތައް ހެދުން.
* ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ބޭންކެއް ޤާއިމުކުރުން.
* ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ބޭންކުން ޒުވާނުންނާއި އަންހެނުންނަށް އަދި ޓެކްނޮލޮޖީ ބޭނުންކުރާ އައު ވިޔަފާރިތަކަށް ޚާއްޞަ އިސްކަމެއް ހޯދައިދިނުން.
94 * ޤާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެވެ އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުން.
* ވިޔަފާރިތަކަށް ބޭނުންވާ މަސައްކަތްތެރިންނާއި މުވައްޒަފުންނަށް ދެފުށްފެންނަ ލުއި ފަސޭހަ ނިޒާމެއްގެ ތެރޭގައި ދެމިތިބެވޭނޭ ވަޒީފާ މާޙައުލެއް ޤާއިމްކޮށްދިނުން.
* ސަރުކާރު ކުންފުނި ތަކަކީ ޢާންމު ވިޔަފާރިތަކާ ވާދަނުކުރާ ކުންފުނިތަކަކަށް ހެދުމާއި، އެކުންފުނި ތަކަކީ ގަނޑުކޮށް ބޮޑެތި ވިޔަފާރި ހިންގާ ކުންފުނިތަކަކަށް ބަދަލުކުރުން.
* ސަރުކާރު ކުންފުނިތަކަކީ ގަނޑުކޮށް (ކަރުދާސް، ކުކިންގ އޮއިލް، ކޮސްމެޓިކްސް، އަދި އެހެނިހެން) މުދާ ރާއްޖެގެނެސް ޕެކްކުރުމާއި ފުޅި، ދަޅުގައި ބަންދުކުރަން އަދި ރީސައިކްލް ކޮށްގެން ތަކެތި އުފައްދާ ކުންފުނިތަކަކަށް ހެދުން.
* ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ގެނެވޭ ބަދަލުގެ ސަބަބުން (ގަނޑުކޮށް މުދާގެނެސް ޕެކްކޮށް، ފުޅި އަދި ދަޅުގައި ބަންދުކޮށް ރީސައިކްލިންގ އާ އަހުލުވެރި ކުންފުނިތަކަކަށް ހެދުމުން) ތަކެތީގެ އަގު އެތައް ތަނަކުން ކުޑަކުރެވި، ރާއްޖެއެތެރެކުރެވޭ ޕްލާސްޓިކާއި، މާބޮޑު ބޭނުމެއް ނުކުރެވި ކުނިބުނީގެ ގޮތުގައި އުކާލާންޖެހޭ ތިމާވެށްޓަށް ނުހަނު ގެއްލުން ހުރި ކިތަންމެ ބާވަތެއްވެސް ރާއްޖެ އެތެރެވުން މަދުކުރެވިގެންދިއުން.
95 * ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ޤާނޫނުތައް އިޞްލާޙުކުރުން.
49
96 * އިސްލާމިކް ފައިނޭންސްގެ ނިޒާމު ފުޅާކޮށް، ތަރައްޤީކޮށް، ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭފަދަ އިސްލާމިކް ފައިނޭންސް ގެ މަރުކަޒަކަށް ރާއްޖެ ހެދުން.
* އިސްލާމީ އުޞޫލުތަކުގެ މަތިން ކުރިޔަށްގެންދެވޭ އިސްލާމިކް ސޮވްރިން ވެލްތް ފަންޑެއް ޤާއިމުކޮށް ތަރައްޤީކުރުން.
97 * ކަޅު ބާޒާރުގައި ބޮޑު އަގުގައި ބޭރު ފައިސާ ގަންނަންޖެހުމުގެ މައްސަލައަށް ޙައްލު ހޯދައި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
* ފަތުރުވެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ލިބޭ ބޭރުފައިސާ ދިވެހި އިޤްތިޞާދުގައި ދައުރުވާ މިންވަރު އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.
* ޤައުމަށް ބޭރުފައިސާ ލިބޭ މިންވަރު އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމާއި ބޭރުފައިސާ ވަންނަ އެހެނިހެން ސިނާޢަތްތައް ފުޅާކޮށް، އިތުރު ސިނާޢަތްތައް ޤާއިމުކުރުން.
50
51
98 * ޓެކްސްގެ ނިޒާމަކީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފަކަށް ވެފައިވުމާއެކު ވިޔަފާރިތަކަށް ހިންދެމިލެވޭނޭ ގޮތަށް ދައުލަތުގެ ޓެކްސް ނިޒާމަށް ބަދަލުގެނައުން.
* ޓެކްސްގެ ނިޒާމުގެ ތެރެއިން ކުރެވޭ ޖޫރިމަނާތައް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ރިވިއުކުރުން.
* މީރާއަކީ ވިޔަފާރިވެރިންނާ ރަށްޓެހި، އިތުބާރުކުރެވޭ ތަނަކަށް ހެދުން.
99 * އޮޑިޓަރުންގެ މައްޗަށް މީރާއަށް ނުފޫޒު ނުފޯރުވޭ ގޮތަށް ޓެކްސްގެ ނިޒާމު ބައްޓަންކުރުން.
* ޓެކްސްއާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ މިނިވަން ތަނެއް ކަމުގައި ކަނޑައެޅުން.
100 * ފަރުދުންގެ ހިންހަމަޖެހުމާއި ފަރުދީ ތަރައްޤީއަށް އިސްކަންދިނުން.
* ޤައުމުގެ މުއްސަދިކަން އެންމެހާ ރައްޔިތުންގެ މެދުގައި ބެހިގެންދާނެ ހަރުދަނާ އިންސާފްވެރި ޓެކްސް ނިޒާމެއް ޤާއިމް ކުރުން.
* ފަރުދުންގެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ތަޢާރަފްކޮށް، އިންސާފުވެރި ޓެކްސްގެ ނިޒާމެއް ޤާއިމްކުރުން.
52
101 * ކުރިއަށްދައްކާ އަންދާޒާ ބީޕީޓީ އަކީ އެވިޔާފާރިއަކުން އެ އަހަރަކަށް އަންދާޒާކޮށްގެން ދައްކާ އެއްޗަކަށް ހެދުން.
* ޓެކްސް ނިޒާމް ތަޢާރަފްކުރި މަޤްޞަދާ އެއްގޮތަށް އިމްޕޯޓް ޑިއުޓީ ކުޑަކުރުން.
* އަސާސީ ޚިދުމަތް ނުލިބޭ ދާއިރާތަކުން ނެގޭ ޖީއެސްޓީ މުރާޖަޢާކުރުން.
102 * ޢާންމު ރައްޔިތުންގެ ފޯނުގެ ޚިދުމަތުންނާއި، ފެރީގެ ޚިދުމަތުންނާއި، އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސްފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުން.
* ކުރިންވެސް ޢަމަލުކުރި އުޞޫލުން ޖީއެސްޓީ ނުނެގޭނެ ބާވަތްތަކުގެ ލިސްޓް ތައްޔާރުކޮށް، ވިޔަފާރިގެތަކުގައި ދައްކަން ބެހެއްޓުން.
* ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާ މިންވަރަކުން ޖީއެސްޓީ ރިވިއުކޮށް ދަށްކުރެވޭނެ ގޮތްތައް ހޯދުން.
53
103 * ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަރަންޏަށް ބަރޯސާވުން ކުޑަ، ފަންވަރުހުރި އިޤްޠިޞާދެއް ބިނާކުރުން.
* ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމަށާއި ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށާއި ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމަށް ބޭރުގެ ދަރަނި ކުޑަކުރެވޭނެގޮތްތައް ރާވައި ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގއަށް އިތުބާރު އުފެއްދުން.
104 * ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ނައްތާލައި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުން.
* އަރަނި ބަޖެޓަކާއި ދިމާލަށް މިސްރާބު ޖެހޭގޮތަށް އިޤްޠިޞާދީ ނިޒާމު ބައްޓަންކުރުން.
105 * އެންމެ ފައިދާހުރިގޮތް ނޫން ގޮތްގޮތައް ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރުން.
106 * ދައުލަތުގެ ދަރަންޏަށް ދައްކަންޖެހޭ ފައިސާ އެތައް ގުނަޔަކުން އިތުރުވެފައިވުމުން ތަރައްޤީގެ މަޝްރޫއުތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވާނެ ފައިސާ ހޯދުމަށް ސޮވެރިން ވެލްތް ފަންޑް ބޭރުގައި ލިސްޓްކޮށް، އެ ޕްރޮޖެކްޓްތަކަށް ހެޔޮ އަގުގައި ފަންޑު ހޯދޭނެ ނިޒާމެއް ޤާއިމުކުރުން.
54
107 * ޤައުމީ ތަރައްޤީގެ މިސްރާބު އަވަސްއަވަހަށް ބަދަލުވިޔަ ނުދިނުމަށްޓަކައި، ޤައުމީ ތަރައްޤީގެ ޤާނޫނެއް ފާސްކޮށް، މި ޤާނޫނުގެ ދަށުން ދިގުރާސްތާގެ ޤައުމީ ތަރައްޤީގެ ޕްލޭނަކާއި ސެކްޓޯރަލް މާސްޓަރ ޕްލޭންތަކާއި ސްޕޭޝިއަލް ޕްލޭންތައް އެކުލަވާލުން.
* ޤައުމީ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ޤުދުރަތީ މުއްސަދިކަން އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ އަދި ދައުލަތުގެ ބަޖެޓާއި ސީދާގޮތެއްގައި ގުޅިފައިވާ ގޮތަށް ތަރައްޤީގެ ޕްލޭންތައް ބައްޓަންކުރުން.
55
108 * އެތައް ހާސް އާގު ބޯޓަކާއި ޓޭންކަރުތަކެއް އެތައް މިލިއަން ޓަނުގެ މުދަލާއެކު ރާއްޖޭގެ ކަނޑުތައް ހުރަސްކުރާކުރުމުގެ ފައިދާ ލިބިގަތުމަށްޓަކައި އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ވަރުގަދަ ޓްރާންސްޝިޕްމެންޓް ބަނދަރެއް ރާއްޖޭގައި ޤާއިމުކުރުން.
109 * ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގައި ސަރަޙައްދީ ހަމަޖެހުމަށް ފުރިހަމައަށް ރިޢާޔަތްކުރުން.
* ތެޔޮއެޅުމުގެ ޚިދުމަތާއި، އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންކުރެވޭނެ ބޯޓު ޔާޑުތަކާއި، ގުދަންތަކާއި، ޒަމާނީ ޓްރާންސްޝިޕްމެންޓް ބަނދަރަކާއެކުގައި މުހިއްމުވާނެ އެންމެހާ ޚިދުމަތްތަކާއި ވަޞީލަތްތައް ލިބޭގޮތަށް ޓްރާންސްޝިޕްމަންޓް ބަނދަރު ފަރުމާކުރުން.
56
110 * އޯޕަން ޑޭޓާގެ އުޞޫލުތައް ތަޢާރުފުކުރުމުގައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވެގެން ދާގޮތަށް، އަދި ޕަބްލިކް ސެކްޓަރގެ ނަޒާހަތްތެރިކަމާ ދެފުށްފެންނަ މިންވަރު އިތުރުވެ އިޤްޠިޞާދީ ކުރިއެރުމާ އިޖްތިމާޢީ އުފެއްދުންތެރިކަމަށް އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރުން.
* ސަރުކާރުގެ ތަފާސްހިސާބު މަޢުލޫމާތު ޢާއްމުންނަށް ފެންނަ ގޮތަށް ހާމަކުރުމުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ސަރުކާރަށް އިތުބާރުކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުން.
* ސަރުކާރުގެ ބޭރުން، ތަފާތު ޚިދުމަތްތައް ރައްޔިތުންނާ ގާތުން، ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް ތަޢާރަފްކޮށް، މުޖުތަމަޢުގެ އެކި ފަރާތްތަކުން ކުރާ އީޖާދުތަކަށް މަގުފަހިކޮށްދިނުން.
* އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ޤާއިމްކުރުން.
111 * ޓެކްނޮލޮޖީގެ ދާއިރާއިން ތަޖުރިބާކާރުންނާ އެންމެ ފަހުގެ ވަޞީލަތްތަކުގެ އެހީގައި ޑިޖިޓަލް ގަވަރމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލުން.
* އަދުގެ ދުނިޔޭގައި މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބުޖަހަން ފެއްޓުން.
* ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދެވޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އަދި އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުން.
* އޮންލައިން ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދީ، ރާއްޖެއިން ބޭރުގެ އޮންލައިން ޕޭމަންޓް ނިޒާމުތައް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބަލައިގަތުމުގެ ލުއިފަސޭހަ ނިޒާމުތައް ޤާއިމުކުރުން.
57
112 * ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި ރާއްޖެއިން ފައިހަމަކުރުމަށްޓަކައި ހަރުދަނާ ޕްލޭންތަކެއް ރާވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި މަސްނޫއީ ވިސްނުމާއި، މެޝިން ލަރނިންގ، ޑީޕް ލަރނިންގ އަދި ކޮމްޕިއުޓަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ ދައުރު މިހާރަށްވުރެ އެތައް ގުނައެއް ފުޅާކުރުން.
* މަސްނޫއީ ވިސްނުން ގެންގުޅޭފަދަ އިންވެސްޓްމަންޓްތައް ފެށުމަށް މަގުފަހިކޮށްދިނުން.