100 ދުވަހުގެ ވަޢުދުތައް - ކޮރަޕްޝަން ހުއްޓުވުންޖުމްލަ 1 ދާއިރާއިން 10 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 10
ނިމުނު އިންސައްތަ 100%
140
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް 17 ނޮވެންބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކުލަވާލައްވާފައި.
• އެންމެ ޚާއްސަ އިސްކަމެއްގެ ގޮތުން ކޮމިޝަންއިން މިހާރު ބަލަމުންގެންދަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ކޮރަޕްޝަންގެ މައްސަލަ.
• މިގޮތުން 50 ރަށުގެ ތެރެއިން 20 ރަށެއްގެ މައްސަލަ ދިރާސާކުރުމަށް ފަހު އިތުރަށް ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.
ފެންނާނެ ބަދަލު • ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ޚިޔާނާތާއި މަނީލޯންޑަރިންގ ގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ ލިބުމަށް މަގުފަހިވެގެން ދިއުން.
• މުސްތަގުބަލުގައި ކޮރަޕްޝަންގެ ޢަމަލުތައް ކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅަކަށްވުން.
• ދައުލަތުގެ ފައިސާއިން ޚިޔާނާތްތެރިވެފައިވާ ފަރާތްތަކަށް އެކަމުގެ ހައްޤު އަދަބު ދީ ރައްޔިތުންނަށް އިންސާފު ލިބިގެންދިއުން.
141
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަޒީރުން، ރައީސް އޮފީހުގެ އިސްވެރިން އަދި ސްޓޭޓް މިނިސްޓަރުން ގެ މާލީ ބަޔާންތައް މިހާތަނަށް ވަނީ ޢާއްމު ކުރެވިފައި.
• އަހަރަކު އެއްފަހަރު މާލީ ބަޔާންތައް ރިވިއު ކުރެވި، ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައި.
ފެންނާނެ ބަދަލު • ދައުލަތުގެ އެންމެ އިސް މަޤާމްތަކަށް ޢައްޔަންކުރެވޭ ފަރާތްތަކުގެ ނަޒާހާތްތެރިކަން އިތުރުވުން.
• ނުހައްޤު މުއްސަނދިވުން ހުއްޓުވުމާއި، ދައުލަތުގެ ތެރޭގައި މަޤާމްގެ ނުފޫޒު ބޭނުން ކޮށްގެން ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން ހުއްޓުވުން.
• ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ގޮތަކަށް ދައުލަތް ހިންގުމުގެ ނިޒާމް ބައްޓަންވެގެން ދިއުން.
142
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސަރުކާރުގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ ހިންގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ، އެފަދަ ފަރާތްތަކަށް އެ މަޢުލޫމާތު ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކޮށް 12 ފެބުރުވަރީ 2019 ގައި ލޯންޗްކުރެވިފައި.
• މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށް އަދި ހުށަހަޅާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެގޮތް ކަށަވަރުކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ޕޯޓަލްގައި ބޭނުންކުރެވިފައި.
• މިހާތަނަށް 330 މައްސަލައެއް މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާއިރު، މި މައްސަލަތައް ބެލުމަށް ހަވާލުކުރެވިފައިވާ ކޮމިޓީއިން މި މައްސަލަތައް ރިވިއުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
ފެންނާނެ ބަދަލު • ދައުލަތުގެ ހުރިހާ އިދާރާއެއްގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވާނަމަ، އެކަން ޕޯޓަލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލައަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެން ދިއުން.
• ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުވުން.
• ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ ފަންތިއެއްގައި މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް އަށަގަތުން.
ވެބްސައިޓް whistleblower.gov.mv
143
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • 'ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން ކެމްޕެއިން' އަކީ ސަރުކާރުގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ތަހަމަލްނުކުރާނެކަމުގެ ޔަޤީންކަން ހާމަކޮށްދޭ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅިފައި.
• މި ސިޔާސަތުގެ ދަށުން ކުރެވިފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް، އަދި ވަޒީރުންނާއި ރައީސް އޮފީހުގެ ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުނާއި، ސްޓޭޓް މިނިސްޓަރުންގެ މާލީ ބަޔާންތައް ހާމަކޮށް، ހިޔާނާތާއި މަނީލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތްވަނީ ފެށިފައި.
• ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުން ހުއްޓުވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއެޅުމަށް ބޭނުންވާ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުންވަނީ ހުށަހަޅާފައި.
ފެންނާނެ ބަދަލު • ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ނިޒާމް ހަރުދަނާވެގެންދިއުން.
• ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އެންމެހާ ދޮރުތައް ބަންދުވުން.
• ސަރުކާރުގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދުން.
144
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް އިންތިޚާބުކުރެވޭ އަދި ޢައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން 120 ފަރާތަކަށް އެންޓިކޮރަޕްޝަން އަދި ގުޑްގަވަރނަންސް އާ ގުޅޭގޮތުން ޓްރެއިނިންގ ޕްރޮގްރާމެއް 10-11 ފެބުރުވަރީ 2019 ގައި ކުރިއަށް ގެންދެވިފައި.
• އެންޓިކަރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި)ގެ ކޮންސަލްޓަންޓެއް މި ޕްރޮގްރާމްގެ ސެޝަންތައް ނަގާދީފައި.
• މި ޕްރޮގްރާމްގެ ދަށުން ކެބިނެޓް ވަޒީރުންނަށް ވަކި ސެޝަންއެއް 12 ފެބުރުވަރީ 2019 ގައި ކުރިއަށް ގެންދެވިފައި.
ފެންނާނެ ބަދަލު • ސަރުކާރުގެ މުވައްސަސާތަކުގައި ހުރި ކޮރަޕްޝަންއަށް މަގުފައިވާ ކަންކަން ހުއްޓުވައި، އެފަދަ ކަންތައްތަކާމެދު ހުރިހާ އިންތިޚާބީ އަދި އައްޔަންކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތައް ހޭލުންތެރިވުން.
• ދައުލަތުގެ މުއައްސަސާތަކަކީ ހާމަކަން ބޮޑު، ދެފުށް ފެންނަ، ދުރާލައި ހަމަޖެހިފައި އޮންނަ އުސޫލުތަކެއްގެ މަތިން ކަންކަން ހިންގާ ތަންތަންކަމުގައި ވެގެންދިއުން.
• ދައުލަތުގެ ހިންގުމުގެ ނިޒާމަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ދުރުހެލިވެފައިވާ ނިޒާމަކަށް ވެގެންދިއުން.
145
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސަރުކާރުގެ ތެރޭގައި ހިނގާ ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތަކަށް (ވިސްލް ބްލޯކުރާ ފަރާތްތައް) ޤާނޫނީ ހިމާޔަތް ލިބޭގޮތަށް ޤާނޫނެއް ޑްރާފްކޮށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރެވި ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.
ފެންނާނެ ބަދަލު • ދައުލަތުގެ އިދާރާތަކުގައާއި އަމިއްލަ ފަރާތްތަކުން ހިންގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިގެން ދިއުން.
• ކޮރަޕްޝަނާ ގުޅޭ މަޢުލޫމާތު ހާމަކުރުމަށް ރައްޔިތުންނަށް ހިތްވަރުލިބިގެންދިއުން.
• ދައުލަތުގެ އިދާރާތަކުގައި ދެފުށް ފެންނަ، ޖަވާބުދާރީވަނިވި އަދި ނަޒާހަތްތެރި ޘަޤާފަތެއް އަށަގަތުން.
146
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް ޤާނޫނުލްއުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައި.
• މި ބިލްގައި ދައުލަތުގެ މުވައްޒަފަކަށް ހުރެ، ލިބޭ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައި.
• ސަރުކާރުން މި ބިލް އެކުލަވާލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް.
ފެންނާނެ ބަދަލު • މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން، ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކަށް އެކަމުގެ ހައްޤު އަދަބު ދީ ރައްޔިތުންނަށް އިންސާފު ލިބިގެންދިއުން.
• މުސްތަގުބަލުގައި ކޮރަޕްޝަންގެ ޢަމަލުތައް ކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅަކަށްވުން.
• ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުވުން.
147
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ކަމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި
ފެންނާނެ ބަދަލު • ހަމަހަމަ ނިޒާމެއްގެ ތެރެއިން ރިޝްވަތު ހިފާ މީހާއާއި ރިޝްވަތުދޭ މީހާއަށް އެކަމުގެ ހައްޤު އަދަބު ދީ ރައްޔިތުންނަށް އިންސާފު ލިބިގެންދިއުން.
• ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުވެ، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހާތްތެރިކަން ކަށަވަރުވެގެން ދިއުން.
• ހެޔޮވެރިކަމެއް ޤާއިމްވެ، ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީގައި ލިބުން.
148
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ އެޓަރނީ ޖެނެރަލްގެ އޮފީސް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެޓަރނީ ޖެނެރަލްގެ އޮފީހުން ޤާނޫނުއަސާސީގެ ހަތްވަނަ ބާބުގައި ބަޔާންކުރާ މުސްތަޤިއްލު މަޤާމުތަކާއި ކޮމިޝަންތަކުގެ މަސްއޫލިއްޔަތު ކަނޑައެޅިފައިވާ ޤާނޫނުތަކާއި، ޤާނޫނަކުން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާތަކުގެ ތެރެއިން، މިނިވަންކަމާއެކު އަދި ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ތަޢަޞުބުން އެއްކިބާވެ، އެ މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަމުންނުދާކަމުގެ ތުހުމަތު ރައްދުވެފައިވާ މުއައްސަސާތަކާބެހޭ ޤާނޫނުތައް މުރާޖަޢާކޮށް އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ހިމެނޭގޮތަށް 5 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ފޮނުވިފައި.
• މިގޮތުން ސިވިލް ސަރވިސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އިލެކްޝަންސް ކޮމިޝަން އަދި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ ޤާނޫނުތަކަށް އިސްލާޙުގެނައުމަށް ވަނީ ހުށަހެޅިފައި.
ފެންނާނެ ބަދަލު • މުސްތަޤިއްލު ކޮމިޝަންތަކުން ނުވަތަ އެފަދަ މުސްތަޤިއްލު މަޤާމުތައް އަދާކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު މިނިވަންކަމާއެކު އަދާކުރުމުގެ ފުރުޞަތު ލިބި، އެފަރާތްތައް ޖަވާބުދާރިކުރެވޭނެ އުސޫލުތައް ހަރުދަނާވެގެންދިއުން.
• ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަނާއި ފަސާދައަށް ހުރި ދޮރުތައް ބަންދުވުން.
• ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހާތްތެރިކަން އިތުރުވުން.
149
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބިދޭސީ މަސައްކަތްތެރިންނަށް ހުއްދަ ދިނުމުގައި ބޭނުންކުރާ "އެކްސްޕެޓް އޮންލައިން ސިސްޓަމް"ގައި ރަޖިސްޓްރީ ކުރުމާއި، ކޯޓާ ދޫކުރުމާއި، އެމްޕްލޮއިމަންޓް އެޕްރޫވަލް ދިނުމާއި، ޑިޕޮސިޓް ބަލައިގަތުމާއި ރިފަންޑް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދެއްމުން ގެންދިޔަ ޚިދުމަތްތައް 22 މާރިޗް 2019 އިން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރުން.
• މި މަސައްކަތް ކުރުމަށް 33 މުވައްޒަފުން ރެކްރޫޓްކޮށް، އެކްސްޕެޓް އޮންލައިން ސިސްޓަމްއަށާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނާއި ގުޅުންހުރި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރެވި، 24 މާރިޗް އިން ފެށިގެން ޚިދުމަތް ޢާއްމުންނަށް ފޯރުކޮށްދެން ފުށުން.
• ދިވެހިރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ހުއްދަ ދިނުމާއި ބެހޭ ގަވާއިދާއި ވާރކް ވިޒާ ގަވާއިދުގައި ހުރި ފުށުއެރުންތައް މުރާޖަޢާކުރެވިފައިވުން. އަދި މުރާޖަޢާކުރެވިފައިވާ ގަވާއިދު ފެށޭ ހަފްތާގައި ގެޒެޓްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވުން.
ފެންނާނެ ބަދަލު • ރިޝްވަތަކާއި ނުލާ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެވޭނެ މަގު ފަހިވެގެން ދިއުން.
• ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާ ކުރާ ފަރާތްތައް ޒިންމާދާރުވުން.
• ބިދޭސީންނާގުޅޭ އިޖުރާއަތްތައް ހަރުދަނާ ވެގެން ދިއުން.