ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ވަޙީދު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއާއި، ނޭޕާލްގެ ބޮޑުވަޒީރު ބާބޫރާމް ބަޓަރާއިއާއި، ބޫޓާންގެ ބޮޑުވަޒީރު ޖިގްމޭ ތިންލޭއާއި، ސްރީލަންކާގެ ބޮޑުވަޒީރު ޑިސަނަޔަކަ މުޑިޔަންސެލަގެ ޖަޔަރަތްނައާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ނިއުޔޯކްގައި ހުންނަ އ.ދގެ އިދާރާގައި ވަކިވަކިން އޮތް މި ބައްދަލުކުރެވުންތަކުގައި، ނޮވެމްބަރމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު، ނައިބު ރައީސް، އެބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުންވެސް ނައިބު ރައީސް މަޝްވަރާ ކުރެއްވިއެވެ.