ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމުގެ މަގާމަށް ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި މަގާމަށް ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބޮޑުގޭ ފާރޫޤް މުޙަންމަދު ޙަސަނާއި، މާފަންނު ވެލިދޫގެ މުޙަންމަދު ނަޢީމެވެ. މިބޭފުޅުންގެ ތެރެއިން، ފާރޫޤް މުޙަންމަދު ޙަސަން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ މަގާމުގައެވެ. މުޙަންމަދު ނަޢީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު އުތުރު ޕްރޮވިންސްގެ މަގާމުގައެވެ.

މީގެއިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، މެދު އުތުރު ޕްރޮވިންސް ކަމަށް ގަލޮޅު ހިލިހިލާގޭ ޙުސައިން އިރުފާން ޒަކީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޙުސައިން އިރުފާން ޒަކީ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމުގައެވެ.