އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ މަސައްކަތްތައް ފެށޭއިރު، ސަރުކާރުން ކަންތައްތައް ގެންދަވަން ޤަޞްދު ކުރައްވާފައިވާ ގޮތާ ބެހޭގޮތުން މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކާ ދެމެދު މުޢާމަލާތްތައް ކުރެވޭނެ ގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ. 

މީގެއިތުރުން، މިމަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޔުނިވަރސިޓީ އުފެއްދެވުމަށް ހަމަޖެހިފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވައިލައްވާނެއެވެ.