ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކިންގްޑަމް އޮފް ނޯވޭއަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އަމީނީގޭ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

 
ނޯވޭއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ރައީސުލްޖުމްހޫރިއްޔާ، މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.