ތިމާވެށީގެ ކަންކަމަށް ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދޭން ކަނޑައެޅި 8.8 މިލިއަން ޑޮލަރާބެހޭ އެމް.އޯ.ޔޫ.ގައި ޔޫރަޕިއަން ޔޫނިއަން ވާރލްޑް ބޭންކް އަދި ދިވެހި ސަރުކާރުން ސޮއިކުރައްވާފައި ވަނީ 6 އޭޕްރީލް 2009ވަނަ ދުވަހުއެވެ. މި ފަންޑުގައި ހިމަނާ މަޝްރޫޢުތައް ވާރލްޑް ބޭންކަށް ހުށަހެޅަން ދީފައިވާ މުއްދަތު ހަމަވަނީ 15 ޖޫން 2010 އެވެ.

މި ފަންޑުގެ ދަށުން ހުށަހަޅާ މަޝްރޫޢުތައް ފާސްކުރަށްވާނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނެވެ. އަދި، މި ޓްރަސްޓް ފަންޑުގެ މަސައްކަތްތައް ކަޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިޔަށްދާކަމަށް ފާހަގަ ކުރެވެއެވެ.