ލަގްޒަރީވިލާ ވިއްކާ ގޮތަށް ރ. އަތޮޅު ލުނދުފުށީގައި ބިނާކުރާ ރިޒޯޓުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފަށްޓަވައި ދެއްވައިފިއެވެ. ރިޒޯޓުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ، މިއަދު މެންދުރުފަހު އެމަނިކުފާނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، ރިޒޯޓުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢްލޫމާތު އޮޅުންފިލުއްވިއެވެ. "ޓްވެލްވް ބްލޫ މޯލްޑިވްސް"ގެ ނަމުގައި ތަރައްޤީކުރާ މި ރިޒޯޓުގައި 40 ލަގްޒަރީވިލާ ހެދުމަށްވަނީ ހަމަޖެހިފައެވެ.