ސަރުކާރާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، މިނިވަން މުއައްސަސާތަކުގެ ކޮމިއުނިކޭޝަން އޮފިސަރުން ތަމްރީނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ގުޅިވަޑައިގެން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމެއް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފަށްޓަވައިފިއެވެ.

ދައުލަތުގެ މަޢުލޫމާތު ހާމަކުރުމުގެ ނިޒާމް ހަރުދަނާ ކުރެއްވުމުގެގޮތުން މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަށް މި ހިންގަވާ ޓްރޭނިންގ ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ، އެމެރިކާގެ ތަޖުރިބާކާރެއް ކަމުގައިވާ މިސް ޓެރީ އުންޒުރެވެ.