ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރޭ ފެށުނު އައި.ޓީ.ބީ. ބަރލިން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

އައި.ޓީ.ބީ. ފެއަރ އަކީ، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކާއި އެފަރާތްތަކުގެ މަސައްކަތާއި ޚިދުމަތްތައް ދައްކައިދޭ މަޢުރަޒެކެވެ. މިއީ، މުޅި ދުނިޔޭގައިވެސް ބާއްވާ މިފަދަ އެންމެ ބޮޑު އެއް މަޢުރަޒެވެ.

މިއަހަރުގެ މި ފެއަރގައިވެސް ރާއްޖޭގެ ސްޓޯލެއް ހުރެއެވެ.