ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިޔާގެ ނައިބު ރައީސް މުޙަންމަދު ޙާމިދު އަންސާރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި، ނައިބު ރައީސް، އިންޑިޔާގެ ނައިބު ރައީސާއި އަދި އިންޑިޔާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ނައިބު ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގަންނަވައެވެ.