1. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުކަން

މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް މާފަންނު މަޚްމާވިލާ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އާމިނަތު ޝިފާޔާ އިބްރާހީމް މިހާތަނަށް ހުންނެވީ އެޓަރނީޖެނެރަލްގެ ނައިބުގެ މަގާމުގައެވެ.

2. އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމު

އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ނެލިވަރު އިބްރާހީމް ޢާޠިފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.

3. މެދު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމު

މެދު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ހެންވޭރު ބައިކަނޑިގެއާގޭ ޢަބްދުﷲ ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.