- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަފްތާ ރޭޑިޔޯ ޚިޠާބު މި ރަމަޟާންމަހު ފޮނުއްވާނީ ހެނދުނު 10.15ގައި
27 އޮގަސްޓް 2009، ރިފަރެންސް: 2009-656
ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވާ ހަފްތާ ރޭޑިޔޯ ޚިޠާބު މި ރަމަޟާންމަހު ފޮނުއްވާނީ ހެނދުނު 10.15ގައެވެ. މިގޮތުން، މާދަމާ އެމަނިކުފާނު ދެއްވާ ޚިޠާބުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި އާމްދަނީ އިތުރުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި، ރާއްޖޭގެ އެކި ވަޒީފާތަކަށް ގެންނަ ބިދޭސިން ވާރކް ޕާމިޓް ފީއެއް ދައްކައިގެން ރާއްޖޭގައި ވަޒީފާ އަދާކުރާގޮތަށް ހަމަޖެއްސެވުމަށް ނިންމަވާފައިވުމާއެކު އެކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.