ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން "ދިވެހިރާއްޖޭގެ ބާ ކައުންސިލު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ބާ ކައުންސިލް އުފައްދަވާފައިވަނީ ހުސްވި ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން މިއަދު ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 480 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.