ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަން ކުރައްވާ މެންބަރުން ހަމަޖައްސަވައިފިއެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ވަހާރި އަލްފާޟިލް ޙުސައިން ޙިލްމީއެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މާފަންނު ސްނޯޑައުން އަލްފާޟިލް މުޙަންމަދު ނަސީމް އިބްރާހީމާއި، މާފަންނު ޝާމާ އަލްފާޟިލް ޢަބްދުﷲ ނައުޝާދާއި، ފުވައްމުލަކު އަޖުމީރު ގަލޮޅު ލިވަރ ޕޫލް އަލްފާޟިލް ޢަބްދުއްނާޞިރު މުޙަންމަދާއި، ގަލޮޅު ހެލެނގެލި އަލްފާޟިލާ ޝަފީނާޒް ޢަބްދުއްސައްތާރާއި، މާފަންނު ފުރަހަނިއާގޭ އަލްފާޟިލް ޢަބްދުﷲ ޝާޢިރެވެ.