ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 12 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާގެ ރައީސް ހިޒް އެކްސެލެންސީ ޝީޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދުގައި މިއަދު ސޮއިކުރެއްވި މި އެއްބަސްވުންތަކުގެ ތެރެއިން "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަން ވިތްއިން ދަ ފްރޭމްވޯރކް އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް" ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ވަންގް ޔީއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ.


ރާއްޖެއާއި ޗައިނާއާ ދެމެދުގައި މިއަދު ސޮއިކުރެއްވި މި އެއްބަސްވުންތަކުގެ ތެރެއިން ދެޤައުމުގެ ދެމެދު ވެވޭ "އެގްރީމަންޓް އޮފް އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ކޯޕަރޭޝަން އިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު "އެކްސްޗޭންޖް ލެޓަރ އޮން ދަ ޗައިނާ އެއިޑް މައިކްރޯ ގްރިޑް ސީ ވޯޓަރ ޑިސެލިނޭޝަން ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު "އެކްސްޗޭންޖް ލެޓަރ އޮފް ފީސިބިލިޓީ ސްޓަޑީ އޮން ދަ ޗައިނާ އެއިޑް މުނިސިޕަލް ސޮލިޑް ވޭސްޓް ޓްރީޓްމަންޓް އެންޑް ރިސައިކްލިންގް ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ މިނިސްޓަރ އޮފް ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން ހިޒް އެކްސެލަންސީ ލީ ބިންއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ދަ ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްސަރވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ޗައިނާގެ އެޑްމިނިސްޓްރޭޓަރ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގްއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަން އެންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ގައި ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު ނަޞީރާއި، ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަންގެ ޗެއާމަން ގުއޯ ޝުކިންގްއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްލޭނިންގް ބިޓްވީން މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް" މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ޗައިނާ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން ހޫ ހުވައިބަންގްއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ފްރޭމްވޯކް އެގްރީމަންޓް އޮން ކޯޕަރޭޝަން އިން ރިލޭޝަން ޓު ޖޮއިންޓް ޑިވެލޮޕްމަންޓް އޮފް އެއާޕޯޓް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް އިން ހުޅުމާލެ، ރިޕަބްލިކް އޮފް މޯލްޑިވްސް ބައި އެންޑް ބިޓްވީން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެންޑް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް" ގައި ސޮއި ކުރެއްވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ މުޙައްމަދު ސައިމަންއާއި، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުގެ ބޭފުޅެކެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ފެސިލިޓީ އެގްރީމަންޓް ފޮރ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ލިންކް ރޯޑް ކަނެކްޓިންގް ހުޅުލެ އެންޑް ހުޅުމާލެ ޕްރޮޖެކްޓް ބިޓްވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް" ގައި ސޮއި ކުރެއްވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއާއި، އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާގެ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.