بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ނޫސްވެރިން މެދުވެރިކޮށް، ރައްޔިތުންނާ މިބައްދަލުވަނީ ކުޑަދުވަސްކޮޅެއްވެފައި. މިއަދު އަޅުގަނޑު ބައްދަލުކުރާ އެންމެބޮޑު އަދި އެންމެ މުހިންމު އެއްސަބަބަކީ، އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ބިލް ތަޞްދީޤްކުރުމާއި، އަދި ހަމައެހެންމެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް އަޅުގަނޑަށް މިވަގުތު ތަޞްދީޤު ކުރެވެންނެތް ވާހަކައާ، މިދެކަމާ ގުޅޭގޮތުން ބައެއް މަޢުލޫމާތު ތިޔަބޭފުޅުންނާ އެކީގައި ހިއްސާ ކޮށްލުމުގެ ނިޔަތުގައި.

އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލްތައް ތަސްދީޤް ކުރުމަށްޓަކައި ފޮނުވުމުން، އެބިލެއް ތަޞްދީޤް ކުރަނީ އެބިލް ތަޞްދީޤްކޮށް ޢަމަލުކުރާން ފެށުމުން ކުރިމަތިވެދާނެ ޤާނޫނީ އިޖްތިމާޢީ އަދި އިޤްތިޞާދީ އެންމެހާ ކަންކަމުގެ މައްޗަށް އަޅުގަނޑު ބެލުމަށްފަހުގައި. އަދި ހަމައެހެންމެ، ބަންޑާރަނައިބުގެ ލަފާ، އެބިލެއް ތަޞްދީޤްކުރުމާ ގުޅޭގޮތުން ސަރުކާރަށް ލިބުމާވެސްއެކު. މިގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ތަޞްދީޤްކުރުމަށްޓަކައި ފޮނުއްވި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލް، އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ބިލް، އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯދުމަށް އަޅުގަނޑު ފޮނުވިން. އެ ދެބިލްގެ ތެރެއިން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމުގެ ބިލަށް ރިޢާޔަތްކުރައްވައި، ސަރުކާރުގެ ގިނަ ސިޔާތުތައް ތަންފީޒުކުރުމަށް މިޤާނޫނު ތަންދޭ ކަމަށާއި، ނަމަވެސް މިބިލުގައި ޤާނޫނީގޮތުން ސުވާލު އުފެދޭ ބައެއްކަންތައްތައް ހުރިކަމަށާއި، މިބިލު ޤާނޫނަކަށް ވެއްޖެނަމަ، ޤާނޫނު އިސްލާހު ނުކޮށް، ތަންފީޒު ކުރުމުގައި ނުކުންނާނޭ ޤާނޫނީ މައްސަލަތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާކަމަށް ބަންޑާރަނައިބުވެސް އަދި މިއޮފީހަށްވެސް ފާހަގަކުރެވޭ.

ދެވަނަ ބިލަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ބިލުގައި ހުރި ބައެއް ކަންކަމަކީ، ރައްޔިތުންގެ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމްވާފަދަ ކަންކަން ހުރި ބިލެއްގެ ގޮތުގައި ބަންޑާރަ ނައިބަށާއި އަދި މިއޮފީހަށްވެސް ފާހަގަކުރެވޭ. މިދެންނެވިފަދަ ކަންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގައި ހުރިނަމަވެސް، ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދާންޖެހޭ ކައުންސިލްތަކާއި މަގާމުތަކާއި އިދާރާތައް އުފެއްދުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއްދަތުވަނީ އެނގިވަޑައިގަންނަވާނެފަދައިން، ފަހަނަޅައި ގޮސްފައި. ވީމާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑަށް ޢަމަލުކުރުން އިތުރަށް ލަސްކުރުން އެއީ، އެންމެ ރަނގަޅުގޮތްކަމަށްކަން އަޅުގަނޑަކަށް ނުފެނޭ. މިބިލް މިއަދު އަޅުގަނޑު ތަޞްދީޤްކޮށްފައި އެވަނީ މިދެންނެވި މައިގަނޑު ސަބަބަށްޓަކައި.

1- އަޅުގަނޑުމެންގެ އެއްވެސް ސިޔާސަތެއް ހިންގުމަށް އެ ބިލު ހުރަސްއަޅާކަމެއް އަޅުގަނޑަކަށް ސާފެއްނުވޭ، ހުށަހަޅާކަމަކަށް ފާހަގައެއްނުވޭ. އަދި އެބިލް އެއީ، ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފު ބިލެއްގެ ގޮތުގައިވެސް އަޅުގަނޑުމެންނަކަށް ފާހަގައެއްނުވޭ. އަދި ހަމައެހެންމެ، އެ ބިލް ދެން މިއަދު ތަސްދިޤު ނުކޮށްފިނަމަ، އޭގެސަބަބުން ލަސްވެގެންދާ ދިޔުމުގެ ނަތީޖާއަކަށް މިކަމާގުޅިގެން ނުކުމެދާނެ ކިތަންމެ މައްސަލަތަކެއް އަޅުގަނޑުމެން އެންމެންނަށް ފާހަގަ އެބަކުރެވޭ، ޤާނޫނުއަސާސީ ޚާއްޞަގޮތެއްގައި ކަނޑައަޅާފައި އޮތް މުއްދަތު ފަހަނައަޅައިގޮސްފައިވާކަމުން. އެހެންނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލުގެ ބައެއް މާއްދާތައް ބައްޓަންކޮށްފައިވަނީ، އެތަކެއް ރައްޔިތުންގެ އަސާސީ ޙައްޤުތަކުން އެމީހުން މަޙުރޫމްވާފަދަ ގޮތަކަށް ކަމަށް، ކުރިން އަޅުގަނޑުވާނީ ފާހަގަކޮށްފައި. ހަމައެހެންމެ، މައްސަލަތަކަށް ރިޢާޔަތްކޮށް، އެމައްސަލަތަކާމެދު އަލުން ވިސްނާވަޑައިގަތުމަށް ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ(ހ)ގައިވާގޮތުގެމަތިން އެބިލް އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އަލުން އަނބުރާ މިފޮނުވަނީ.

ޖުމްލަކޮށް، މިދެންނެވި މައިގަނޑު ދެބިލުގެ ކަންތައް މިދެންނެވިގޮތަށް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ވިސްނާފައިމިވަނީ. އެހެންވީމާ، މިއާގުޅޭ އަދި އެތައްއެތައް ތަފުސީލެއް އެބަވޭ. އެހެންނަމަވެސް އަޅުގަނޑު އެ ތަފްސީލުތަކަށް ދިއުމުގެބަދަލުގައި މިތަނުން ބަޔާނެއްގެ ސިފައިގައި ބިލް ތަސްދީޤްކުރެވުނު ސަބަބާ، އަދި ތަޞްދީޤް ނުކޮށް، ބިލް ފޮނުވާލެވުނު ސަބަބުތައް ބަޔާންކުރާ ބަޔާނެއް ޕްރެސް އޮފީހުން ތިޔަބޭފުޅުންނަށް އަރުވާނެ. އެހެންވީމާ، އަޅުގަނޑު ވަގުތު އެގޮތަށް ނަގާނުލައި ތިޔަބޭފުޅުންނާ ވާހަކަދައްކާލުމުގެ ނުވަތަ ތިޔަބޭފުޅުންގެ ޚާއްޞަ ސުވާލުތަކަށް ޖަވާބު އެރުވުމުގައި ވަގުތު ހޭދަކުރުމަށް އަޅުގަނޑު ފަށައިގަންނާނަން.

އަޙްމަދު ޙަމްދޫން: ހަވީރުނޫސް

އަޅުގަނޑު ސުވާލު ދެންނެވުމުގެ ކުރިން، މަނިކުފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި މަނިކުފާނަށް ޚާއްޞަ މަރްޙަބާއެއް އަޅުގަނޑާއި އަޅުގަނޑު މަސައްކަތްކުރާ ހަވީރު ނޫހުގެފަރާތުން އަރިސްކުރަން. ސުވާލަށް ދިޔުމުގެކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ލާމަރްކަޒީ ބިލް ތަޞްދީޤް ކުރެއްވިއިރުގައި މަނިކުފާނުގެ ޕާޓީއާއި، އަދި ސަރުކާރުންވެސް އެންމެބޮޑަށް ވަކާލާތު ކުރެއްވީ ލާމަރުކަޒީ ދާއިރާތައް 7 ސަރަޙައްދަކަށް ބަހައިގެން ކުރިޔަށްގެންދިއުމަށް. އެހެންނަމަވެސް، މިބިލް ނިމިގެން ދިޔައިރުގައި އެގޮތަކަށްނޫން މިއޮތީ. ދެން އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ، މަނިކުފާނު ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެކަން ކުރައްވާނެކަމަށް. ކޮބައިތޯ؟ މަނިކުފާނުގެ ވިސްނުންފުޅު މިހާރުހުރީ މިބިލުގައި މިދަންނަވާ ޕްރޮވިންސްގެ ބައެއްނެތް. ބިލް ދެވަނަފަހަރަށް ނިމުނުއިރުވެސް އެހެންގޮތަކަށް އޮތީ. ކޮބައިތޯ މަނިކުފާނު ގެންގުޅުއްވާނެ ވިސްނުންފުޅަކީ 7 ދާއިރާއަކަށް ބައްސަވައިގެންތޯ؟ ނުވަތަ އެވިދާޅުވާ 115 ވަނަ މާއްދާގެ ދަށުން ޕްރޮވިންސްތަކެއް ހައްދަވާ ގޮތަށްތޯ، ވިސްނުންފުޅު ގެންގުޅުއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ހަމަ މިބިލާ އެއްގޮތަށް. ހަމަ ޢަމަލުކުރަން އަޅުގަނޑު ގަސްތުކުރަނީ. ބިލް ވަރަށް ސާފުކޮށް އެބަ ބުނޭ، މައި ސަރުކާރުން އަތޮޅުތަކަށް ފޯރުކޮށްދޭ ޚިދްމަތެއް ފޯރުކޮށްދިނުމުގައި، 7 ތަނެއްގައި މަރުކަޒު ކޮށްގެން އެޚިދްމަތްތައް ފޯރުކޮށްދިނުމަކީ، މި ބިލް މަނާކުރާ ކަމެއްނޫން. އަދި ޚާއްޞަކޮށް، މިބިލް ފާހަގަކުރާ އެއްކަމަކީ، ޕްރޮވިންސްގެ އުސޫލުން ހިންގުމަކީ ޤާނޫނުއަސާސީއާ އެއްގޮތް ކަމެއްކަމަށް. އެއީ، މިބިލްގައި އެބަ ބުނޭ، ޕްރޮވިންސް ހެދުމަށްޓަކައި އަދި ނުވަތަ ޕްރޮވިންސް ކައުންސިލެއް އުފެއްދުމަށްޓަކައި އެހެން ޤާނޫނެއް ބޭނުންވާނެއޭ. މި ބިލެއް ނުބުނޭ، ޕްރޮވިންސް ކައުންސިލް އުފެއްދުމަށްޓަކައި ޤާނޫނުއަސާސީ އިޞްލާޙު ކުރަންޖެހޭނެ ކަމަކަށް. މި ބިލް ވަރަށް ސާފުކޮށް އެބަ އިޝާރާތްކުރޭ، ޕްރޮވިންސް އުފެއްދުމަށްޓަކައި ކަންކުރަންވީގޮތް. އެހެންވީމާ، ދެން އެއީ ޕްރޮވިންސް ކައުންސިލެއް އުފެއްދުމަށްޓަކައި. ދެން މިހާރު އަޅުގަނޑުމެން ލާމަރުކަޒީ އުސޫލުން މައި ސަރުކާރުން އަތޮޅުތަކަށް މިދޭ ޚިދްމަތްތައް ދިނުމުގައި އެއްވެސް ހުރަހެއް މިބިލްގެ ސަބަބުން ހުރިކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ. އެކަހަލަ އެއްވެސް ހުރަހެއް ހުރިނަމަ، އަޅުގަނޑު މިބިލް އިޞްލާޙުކުރުމަށް އެދުނީސް.

ހައިދަރު ޢަލީ : ދި އެފް.އެމް

އަޅުގަނޑުވެސް ފުރަތަމަ ހަމަ އަޅުގަނޑު މަސައްކަތްކުރާ ދާއިރާއާ އަޅުގަނޑުގެ ނަމުގައި މަނިކުފަނުގެ އުފަންދުވަހުގެ މުނާސަބަތުގައި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވަރަށްބޮޑަށް ޝުކުރިއްޔާ! އިނގޭތޯ. އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ!

ހައިދަރު ޢަލީ : ދި އެފް.އެމް

މަނިކުފާނުގެ އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. ދެން ހަމަ އަޅުގަނޑުވެސް ކޮށްލާހިތްވާ ސުވާލަކީ، މިބިލް ތަސްދީޤް ކުރެވެމުންދިޔައިރު ކޮބައިތޯއޭ، މައިގަނޑުގޮތެއްގައި މިބިލްގައިހުރި މައްސަލަތައް ކަމަށް ފާހަގަކުރެވުނު އަދި ސަރުކާރު އިޞްލާޙުތަކެއް ހުށަހަޅުއްވާނަމަ، އިސްކަން ދެއްވަނީ ކޮންކަހަލަ އިޞްލާޙު ތަކަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މި ބިލްގެ އަޅުގަނޑަށް އެބަ ފާހަގަވޭ، މައިގަނޑު 13 ނުކުތާ އެއް އިނގޭތޯ. ދެން އެ 13 ނުކުތާއަށް އަޅުގަނޑު މިތަނުގައި ގޮސްފިނަމަ، ދެން އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންނަށް މިވަގުތު އެކީގައި ނަގާލެވެނީހެން. އެހެންވީމާ، ބުއްދިވެރިގޮތެއްކަމަށް އަޅުގަނޑަށް މިފެންނަނީ، އެ 13 ނުކުތާއަށް ތިޔަބޭފުޅުން ބެއްލެވުން. ދެން އޭގެތެރޭގައި ބައެއް ބިލުގެ އެއް މާއްދާއަކާ އަނެއް މާއްދާއަކާ ފުށުއަރާގޮތް ހުރުން ނުވަތަ ބިލު ހިންގަންފެށުމުން އަދި އެ ބޭނުންވެދާނެ ކިތަންމެ އެހެން އިދާރީ ކަންތައްތަކެއް ހުރުން. މިބާވަތުގެ ކުދިކުދި ކަންކަން އެބަހުރި. އެހެންނޫނީ ޖުމްލަގޮތަކަށް ބަލާނަމަ މިބިލް މިއޮތީ ރަނގަޅަށް.

ޙުސައިން އަމީން : ދި ޓިވީ

އަޅުގަނޑުވެސް މިއަދު މަނިކުފާނުގެ އުފަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އަޅުގަނޑުމެންގެ ޓީ.ވީ ސްޓޭޝަންގެ ނަމުގައި އަދި އަޅުގަނޑު އަމިއްލަ ނަމުގައިވެސް ރައްދުކުރަން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު މިވަނީ ލާމަރްކަޒީ ބިލް އިދާރީ ދާއިރާތައް ހިންގުމުގެ ބިލް ތަސްދިޤް ކުރައްވާފައޭ، ނަމަވެސް ލޯކަލް ކައުންސިލް ހިންގާ ބިލް ތަޞްދީޤްނުކޮށް މިވަނީ ފޮނުވާލާފައި. މީގައި އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ތަންކޮޅަކީ، އެމް.ޑީ.ޕީ.އާއި، ޑީ.އާރު.ޕީ އަދި ބޮޑު ދެޕާޓީ އަޅުގަނޑު މިފާހަގަކޮށްލީ. އެބޭފުޅުންނާ އަދި މީގެ އިތުރުން އިލެކްޝަން ކޮމިޝަނާ ދެކެވުނު ވާހަކަތަކުގައި، މީގައި އެއްބަސްވެފައިވަނީ ކޮންމެވެސްވަރަކަށް އިންތިޚާބުގެ ކަންތައްތައް އެގޮތަށް ގެންދިއުމަށް އެއީކީ މައްސަލައެއް އޮތްކަމެއް ނޫންކަމަށް. އެހެންނަމަވެސް، ކީއްވެގެންތޯ، މަނިކުފާނު މީގައި މި ހިސާބަށް އައިފަހުން އަނެއްކާ ފޮނުވާލައްވާ މިގޮތަށް ލަސްކުރައްވަން ގަސްތު ކުރެއްވީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން، ނޫން، ނޫން. އެއްވެސްބަޔަކު އަޅުގަނޑަކަށް ހިޔެއްނުވޭ، ފާހަގަކޮށްފައި އޮތްހެނެއް، ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ބިލް އެގޮތަށް ތަޞްދީޤްކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަކަށް، އިނގޭތޯ. ދެން ރައްޔިތުންގެ މަޖިލީހުން ރަނގަޅުކަމަށް، އެބޭފުޅުންނަށް ބެއްލެވި ބެއްލެވުމެއްގައި ފެނިވަޑައިގަންނަވާތީ، އެބޭފުޅުން އެގޮތަށް ފާސްކުރައްވާފައި އެއޮތި. ދެން އެހެންނަމަވެސް، އަޅުގަނޑަށް މީގެތެރޭގައި އެންމެ ފާހަގަވާ އެއްކަމަކީ، ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ އެތައްބަޔަކަށް ވޯޓު ދިނުން އެއީ ވަރަށްއުނދަގޫ ކަމަކަށްވެގެންދޭ. ދެން އަޅުގަނޑަށް މިފާހަގަވަނީ، މިހާރު އެރަށެއްގައި އެވަގުތަކު ތިބި ރައްޔިތުން ފިޔަވައި، އެހެންބަޔަކަށް އެރަށަކަށް ވޯޓު ނުދެވޭކަމުން، މިސާލަކަށް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ރައްޔިތުން މާލޭގައި އެބަ ދިރިއުޅޭ، ރަށްރަށުގެ. ދެން އެ ރައްޔިތުންނަކީ، ވަރަށް ގިނަފަހަރަށް އެ ރައްޔިތުން ނިސްބަތްވާ، މާލޭގައި ދިރިއުޅުނެއްކަމަކު ނިސްބަތްވާ، ރަށުގެ މައިގަނޑު ކަންކަން ހަމަ ނިންމުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބައެއް. އެއީ، ޚާއްޞަ ގޮތެއްގައި މާލޭގައި ނުވަތ ރެޒޯޓެއްގައި ދިރިއުޅެމުން، މަސައްކަތް ކުރަމުން އަންނަ މީހަކު ވެފައި މިހުންނަނީ ރަށުގެ އާމްދަނީ ހޯދާ މީހުންގެ ތެރެއިން، ހަމަ އުފުލިގެންވާ މީހަކަށް. އެހެންވީމާ، އެމީހާގެ ހިއްސާ ނެތި ރަށުގެ ކަންކަން ނިންމަމުންދިޔުން އެއީ، އަޅުގަނޑަށް ރަނގަޅުގޮތަކަށް ނުފެނޭ ދެން. މިހާގިނަ އަދަދެއްގެ ބަޔަކަށް ވޯޓު ދިނުމުގައި ފަސޭހަކަމާއެކީގައި ބައިވެރި ނުވެވޭގޮތަކަށް ބިލް އޮތުން އެއީ، ރަނގަޅުކަމެއް ނޫންކަމަށް އަޅުގަނޑަށް ފެންނާތީވެ، އެކަމާ އަދި އަލުން އަނބުރާ އެއްފަހަރު ވިސްނައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މިއެދެނީ. ދެން މަޖިލީހުން އަނެއްކާވެސް ނޫނެކޭ ތިމަންނާމެންނަށް މިއޮތީ މިކަން ރަނގަޅަށޭ ކުރެވިފައި، ކޮށްފައި، އެހެންވީމާ، މިގޮތަށޭ ކުރިޔަށް ދާންވީ. އެހެން މަޖިލީހުން ވިދާޅުވެއްޖެއްޔަކާ ދެން އަޅުގަނޑު މިއަކަށް އިންކާރެއް ނުކުރާނަން.

ޢަބްދުއްލަޠީފް އާދަމް : މިއަދު ނޫސް

އަޅުގަނޑުވެސް މަނިކުފާނުގެ އުފަންދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމުން، އެހެންނަމަވެސް، އަޅުގަނޑުމެން ކަންބޮޑުވާ ދެތިންކަމެއްގެ ވާހަކަ ދަންނަވާލާނަން. ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ، މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ ހަމަ ފައިސާގެ މައްސަލަތައް ކުރިމަތިވެ، ސަރުކާރުގެ ބައެއްކަންތައްތައް ހަމަ އެއްކަލަ ވިދާޅުވި ޑޭޓުތަކުން އެގޮތް މިގޮތްވެގެން ދާތަން. އޭގައި އަޅުގަނޑުވެސް ފާހަގަކުރަން، ޤާނޫނީ މައްސަލަތަކާ އިދިކޮޅުފަރާތްތަކުގެ އުނދަގޫ ހުރިކަން. އެހެންނަމަވެސް، ހަމަ ފައިސާގެ މައްސަލަވެސް އެބައުޅޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއަހަރު ފައިސާ ލިބުމުގެ ވަރަށް ބޮޑެތި އުންމީދުތަކެއްވެސްވަނީ ލިބިފައި. މިބޭއްވުނު ފޯރަމްތަކާ އަދި ލިބެމުންދާ އެހީތަކުގެ ސަބަބުން. އެހެންވީމާ، މިކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް، މިސުވާލު މިދަންނަވާލަންޖެހެނީ، ޕްރޮވިންސްތަކުގެ އިންތިޚާބަށްފަހު، ހިނގާގަތުމުގައި ޕްރޮވިންސްތައް ހިންގަންތިބި ބަޔަކުވެސް ނޫނީ، އަތޮޅު ފެންވަރެއްގައި ހިންގިނަމަވެސް އެބަޔަކުވެސް އެދޭކަންތައްތަކެއް ހުންނާނެ. އެކަންތައްތައް ލާރިތަކެއްވެސް ބޭނުންވާނެ. އެހެންވީމާ، މިހާރަށްވުރެ ތަންކޮޅެއް ގިނަލާރި އެއްފަހަރާ ބޭނުންވާކަހަލަ މަންޒަރެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައިދާނެ ކަމަށްޓަކައި، އަޅުގަނޑު މިސުވާލު މިއަމާޒުކުރީ.

ދެން ދެވަނައަށް އަޅުގަނޑުމެންނަށް މިފެންނަނީ، ވަރަށް އެހެންކަހަލަ ކަމެއް. މަންޒަރެއް މިހާރު މިދޭތެރެއިން ވަރަށް ވާދަވެރިގޮތަކަށް މަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާކަމަށްވި ނަމަވެސް، މަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމަށް ވެވަޑައިގަތީ، އެމް.ޑީ.ޕީ.ގެ ތެރެއިން ކަމަށްވާތީ، މިދޭތެރެއިން ވަރަށް ވާދަވެރިގޮތެއްގައި ދެޕާޓީގެ އަދަދު އިލެކްޝަންސް ކޮމިޝަންގައި އުޅެމުން އައިސް މިއަދު މިއީ ވަރަށް ހިތާމަވެރި ދުވަހެއްކަންނޭނގެ، އެމް.ޑީ.ޕީ އަށް. އެއީ، 2000 މީހުން ޑީ.އާރު.ޕީ އަށް ގިނަވިކަމަށް އެބައޮތް އިޢްލާންކޮށްފައި. އެހެންކަމަށްވަންޏާ، އިދިކޮޅު ޕާޓީ 2000 ގެ ކުރިއެރުމެއް ހޯދީ. އެހެންވީމާ، މިކަންމިހެން ވަމުންދާ ސަބަބެއްކަމަށް ބައެއްފަރާތްތަކުން ދެކެނީ، ސަރުކާރުން ބައެއް މުއައްސަސާތަކުން ޢަމަލުކުރައްވަމުން ގެންދާގޮތުން އަބަދުވެސް މިފެންނަނީ، ފާރުވީމާ ފާރުގަނޑުގައި ބޭސްއަޅަން މަސައްކަތްކުރާ އުސޫލުކަމަށް ބައެއް ފަރާތްތަކުން އެބަދެކޭ. އެހެންވީމާ، މިކަމާ ދޭތެރޭގައި މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އެންމެގިނަ ޕާޓީ، މެންބަރުންގިނަ ޕާޓީއަކީ ކޮބައިތޯ، މިއީ ދެންހަމަ އިސާހިތަކު ފާހަގަވާނެ، އެމް.ޑީ.ޕީ.ގެ އިތުރު 2000 މީހުން އޮތްކަމަށް. މި އުޞޫލެއްގެ ގޮތުން ހިނގަމުން މިދާގޮތަކީ، އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ލިބޭ ފޯމުތައް، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، ލިބޭ ފޯމުތައް ބެއްލެވުމަށްފަހުގައި ޕާޓީތަކުން ކޮމިޝަނަށް ފޮނުވީމާ، ކޮމިޝަނުން އެ ބައްލަވާފައި އެބަޔަކު ޕާޓީގެ ރަޖިސްޓަރީގައި މި ހިމަނާދެނީ. ދެން ހިމަނާދޭހިނދު އެއް ޕާޓީއަށްވުރެން އަނެއް ޕާޓީގެ މެންބަރުން އިތުރުވެގެންދާތަން މިފެންނަނީ.

ދެން އަޅުގަނޑަށް ހީވަނީ އިނގޭތޯ. އަޅުގަނޑަށް ފެންނަފެނުމުގައި، ތެދުފުޅެއް، އަޅުގަނޑުމެންނަށް ކަންތައްތައް ބައެއްފަހަރަށް ކުރުމުގައި ދަތިތަކާވެސް އެބަ ދިމާވޭ. އަދި އެންމެ އެދެވޭގޮތަށް ނުކުރެވިދާ ފަހަރުފަހަރުވެސް ދިމާވޭ. އެހެންނަމަވެސް، އަޅުގަނޑަށް މިފެންނަނީ، ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އޮޅުންފިލައޭ، އެމީހުން އެދޭ ކަންކަން ސަރުކާރުން ވަކި އުސޫލަކުން ވަކި ތަރުތީބަކުން ވަކި ގޮތަކަށް ރޭވިގެން އިންތިޒާމެއްގެ ތެރެއިން، ހިންގަމުން ހިންގަމުން އެބަ ދާކަން.

މިހާރު މިސާލަކަށް އަޅުގަނޑު ފާހަގަކޮށްލާނަން، ސަރުކާރުން އެބަ މިހާރު ހިއްކާ ހަތަރުރަށެއްގެ ބިން. މުޅިޖުމްލަ އަޅުގަނޑު ހަނދާންވަނީ އެއީ، 84 ހެކްޓަރ ބިމޭ. މުޅި ހުޅުމާލެއަކީވެސް ގާތްގަނޑަކަށް އެހާ ހެކްޓަރ ބިން. ދެން މި ހުޅުމާލެ ހިއްކުމަށްޓަކައި އެއަށްވުރެ މާގިނަ ފައިސާ ހިނގައްޖެ، މިހާރު މި ހިއްކާ 84 ހެކްޓަރު ބިން ހިއްކުމަށްވުރެ. މިހާރު މި ހިއްކާ 84 ހެކްޓަރު ބިން ހިއްކުމަށް 600 ކޮންމެވެސް މިލިޔަނެއް ރުފިޔާ މިދަނީ. ދެންހަމަ އެއީ، އެ 4 ރަށުގެ ބަނދަރާވެސް އެކުގައި. ދެން އަދި އެ 4 ރަށުގެ ރިވެޓްމެންޓާވެސް އެކުގައި.

ދެން ހަމަ އެނގިވަޑައިގަންނަވާނެ، މިހާރު މިވަގުތު ހިނގަމުން އެބަދޭ، އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ހަމަ މަދުވެގެން ދިހަބާރަ ނަރުދަމާގެ މަސައްކަތް. ފަނަރަވަރަކަށް ބަނދަރުގެ މަސައްކަތް. އަދިހަމަ މާދަމާހެން، ފެށެން އެބައޮތް އެހާމެ ބަނދަރާއި، އެހާމެ ނަރުދަމާ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، ލޯކަލް ގަވަރންމަންޓް ނުވަތަ ލޯކަލް ކައުންސިލްތައް، ރަށުކައުންސިލްތައް އިންތިޚާބުވެގެން އަންނަހިނދު ވަރަށް ރަނގަޅު ހާލަތެއްގައި އަޅުގަނޑުމެން ތިބޭނީ. އެއީ، މިހުރިހާ ކަމެއްގެ ހުރިހާކަމެއް ނިމި، ސިދާ އެކަން ފަށާންވެފައި ތިބޭނީ. އަދި ފެށިފައި. ދެން އެހެންވީމާ، އެހެން ފެށިފައި އޮންނަ ޕްރޮޖެކްޓެއް ރަނގަޅަށް މެނޭޖް ކުރުމުގައި ލޯކަލް ކައުންސިލްގެ އެހީތެރިކަން ރަނގަޅަށް ލިބުނީމާ، އޭގެއިން ސަރުކާރަށް ލިބޭ ފައިދާ އަދި ރައްޔިތުންނަށް ލިބޭފައިދާ ވަރަށްބޮޑުވާނެ.

އެހެންވީމާ، އަޅުގަނޑަކަށެއް މީގައި ރައްޔިތުންގެ ނުތަނަވަސްކަމެއް ނުވަތަ ނުރުހުމެއް ހުރިކަމަކަށް ހަމަ ކުޑަކޮށްވެސް ނުފެނޭ. ދެން އެތަން ފެންނާނެ ދޮއެއްތޯ. މިސާލަކަށް، އެއްވާ އެއްވުންތަކުގެ އަދަދުންނާއި އަދި ރައްޔިތުން އަޑު އުފުލާ މިންވަރުންނާއި، ކަންކަމަށް ނަޒަރު ނުގެއްލި ރައްޔިތުން ޝައުޤުވެރިކަން ބަހައްޓާ ދަރަޖައާ މިހުރިހާކަމެއް އެއްކޮށްލީމާ، އަޅުގަނޑުމެންނަށް އަންދާޒާ ކޮށްލެވޭނެ. އަދި އޭގެ އިތުރުންވެސް ޚިޔާލު ހޯދުމުންނާއި މިބާވަތުގެ ކަންކަމުން އަންދާޒާ ކޮށްލެވޭނެ މިވަގުތު ރައްޔިތުންގެ ފިކުރު ހުރީ ކިހިނެއްތޯ. އަޅުގަނޑު ދެކެނީ މި ސަރުކާރަށް ވަރަށްބޮޑު ހަމަ އެކަށީގެންވާ ތާއީދެއް އެބައޮތްކަމަށް. އަޅުގަނޑު މިހުންނަނީ ވަރަށް ހިތްހަމަޖެހިގެން. ރައްޔިތުންގެ ކަންތައްތައް އަޅުގަނޑުމެންނަށް ކޮށްދެމުން އަންނަ މިންވަރު ކުޑަކަމަކަށް އަޅުގަނޑެއް ނުދެކެން. މިހެން ދަންނަވާއިރުގައި ބައެއްބައެއް ކަންކަން މުޅިން ފުރިހަމަނުވެ ހުރިކަންވެސް އަޅުގަނޑު ގަބޫލުކުރަން.

މާލީ ގޮތުން، މިހާރު ކޮންކަމަކަށްތޯ ފައިސާ ދަތީ. މިހާރު މިވެގެން މިދާގޮތަކީ، ބަނދަރު ހެދުމަށް ވަކިއަދަދެއް ކަނޑައެޅިފައި މިހިރީ. ދެން އެއަދަދުތައް އަޅުގަނޑުމެން ހޯދި ގޮތްތަކެއްވެސް ކަނޑައެޅިފައި މިހުރީ. އެފައިސާ އަޅުގަނޑުމެންނަށް ހަމަ ބަރާބަރަށް ދުވަހުންދުވަހަށް އެ އޮންނަ ތާވަލެއްގެ ތެރެއިން ލިބެމުން އެބަދޭ. ދެން އަޅުގަނޑުމެންނަށް އިތުރު ނުވެވިގެން މިއުޅެނީ ޓޫރިޒަމުން ލިބޭ އާމްދަނީއާ، އެވެސް މިހާރު އެބަ އިތުރުވޭ. ޓެކްސްގެގޮތުގައި ލިބޭ އާމްދަނީއާ. ރިކަރަންޓް އާމްދަނީއާ. އެހީއެއްނޫން. އަސްލު ދައުލަތުގެ އާންމު ޚަރަދު އެއީ މުވައްޒަފުންގެ މުސާރައާއި ކަރަންޓާ މިބާވަތުގެ ކަންކަން ހިންގުމަށްޓަކައި ބަރޯސާކުރަން މިޖެހެނީ، ރިކަރަންޓް އާމްދަނީއަށް. ޢާންމުކޮށް އަޅުގަނޑުމެންނަށް ލިބިލިބި ހުންނާނެ އާމްދަނީއަށް. އެއްފަހަރަކު މިއަދު މީހަކު ދިން އެއްޗެއްގެ މައްޗަށް ބިނާކޮށް، މުވައްޒަފުންތަކެއް ނަގައިގެން ތިބޭކަށެއް ނުވާނެ. އެއީ، ދާއިމީކޮށް އަޅުގަނޑުމެންނަށް ލިބިލިބި ހުންނަ އެއްޗެއްގެ މައްޗަށް ބިނާކޮށް، އެކަން ކުރަންޖެހޭނީ. އެހެންވިމާ، އިތުރުވޭތޯ އަޅުގަނޑުމެން މިބަލަނީ، މިދެންނެވި ބާވަތުގެ އާމްދަނީ.

އަޅުގަނޑުމެންނަށް އެހީގެގޮތުގައި ލިބޭ އާމްދަނީއަކީ، ވަކިޚާއްޞަކަމެއް ކުރުމަށް އަޅުގަނޑުމެން އެދުނީމާ، އެކަންކުރުމަށް ލިބޭ އާމްދަނީ. މިހާރު މިސާލަކަށް، ޑޯނަރސް ފޯރަމުން އަޅުގަނޑުމެންނަށް ލިބުނު އެ އަދަދަށް ފައިސާ. އަޅުގަނޑު ހަނދާންވަނީ އެންމެފަހުން ބެލިއިރު 400 މިލިއަނެއްހާ ރުފިޔާ އެކިއެކި ޤައުމުތަކުން ޕްލެޖްކޮށްފައި އެބަހުރި. ދެން އެހެންވީމާ، އެ ހުންނަނީ މިވެނި ޕްރޮޖެކްޓަކަށް މިވެނި ޤައުމަކުން މިވެނިކަމެއް. އެ އަނެއް ޕްރޮޖެކްޓަކަށް އަނެއް ޤައުމަކުން އަނެއްކަމެއް. އެގޮތަށް މިހުންނަނީ. އެހެންވީމާ، އެ ޕްރޮޖެކްޓްތަކަށްލިބޭ ފައިސާޔާ ސަރުކާރުގެ ރިކަރަންޓަށްދާ ޚަރަދު ބައްދަން ނުވަތަ ބަޖެޓުގެ ކަންކަމަށް ބޭނުންވާ ފައިސާޔާ އެއީ ދެބާވަތެއްގެ ފައިސާ. އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ. ޕްރޮޖެކްޓުތަކަށްލިބޭ، ހުރި، ފައިސާ މަދުކަމަކަށް.

އިބްރާހީމް ޒަކީ ސަން. އެފް.އެމް:

މަނިކުފާނު ފާހަގަކުރައްވައިފި، މި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް ފޮނުއްވާލެއްވި އެންމެބޮޑު ސަބަބެއް ކަމަށް މަނިކުފާނު ފާހަގަކުރެއްވީ، ވޯޓު ލުމުގެ ޙައްޤު ލިބިދީފައިވާގޮތް، މިބިލުގައި. ނަމަވެސް އިލެކްޝަން ކޮމިޝަނުން އެބަ ފާހަގަކުރައްވާ، މިހާރު އެއޮތްގޮތަށް ބަދަލުގެނެސް، ތަންކޮޅެއް ފުޅާދާއިރާއެއްގައި ހުޅުވާލައިފިއްޔާ، މާލީ މައްސަލަތަކެއް ނުވަތަ ވަރަށްބޮޑެތި ޚަރަދުތަކެއް ދާނެކަމަށް. ކިހިނެއްތޯ، މަނިކުފާނު ދެކެވަޑައިގަންނަވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު އަބަދުވެސް ދެކެނީ، ޚަރަދުކުރަންޖެހޭ ބާވަތުގެ ކަންކަމަށް އަޅުގަނޑުމެން ޚަރަދު ކުރަންޖެހޭނެ. މިހާރު ޤައުމެއް ބިނާކުރުމަށް، ޑިމޮކްރަސީ ހަރުދަނާކުރުމަށް، ރައްޔިތުންގެރުހުމާއި، ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ ވިންދާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް. ޑިމޮކްރަސީއެއްގައި މި ކުރަންޖެހޭ ޚަރަދު އަޅުގަނޑުމެން ކުރަންޖެހޭނެ. އެހެންވީމާ، އެ އަޅުގަނޑަކަށެއް ނުފެނޭ، ޚަރަދާ އަޅުވާފައި އަޅުގަނޑުމެން ނުކުރާ ބާވަތުގެ ކަމެއްގެ ގޮތުގައެއް.

އަޙްމަދު ޖަދުވާން : އާފަތިސް ނޫސް

އަޅުގަނޑުގެ ސުވާލަކީ، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އެބަ ތުހުމަތުކުރޭ، މި ލޯކަލް ކައުންސިލްގެ އިންތިޚާބު ލަސްކުރުމަށް ސަރުކާރާ ސަރުކާރު ހިންގާ ޕާޓީން ވަރަށްބޮޑަށް މަސައްކަތްކުރާކަމަށް. ދެން އެފަރާތްތަކުން ތުހުމަތުކުރަނީ، ސަރުކާރު ފެށިގެން މިހާތަނަށް އައިއިރު، ޢައްޔަނު ކުރެވިފައިވާ ކައުންސިލަރުން ތަކެއް އަތޮޅުތަކާއި ރަށްތަކަށް ލައްވައިގެން މި ކުރިޔަށްގެންދަވަނީ. ދެން މަނިކުފާނު ކީކޭތޯ ވިދާޅުވަނީ މިކަމާމެދު، ލަސްކުރައްވަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވަންތޯ؟ ނުކުރައްވާނަމަ، މި ތުހުމަތުތަކާމެދު ކީކޭތޯ ވިދާޅުވަނީ؟


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ދެން އިންސާފުވެރި ނަޒަރަކުން ތިޔަކަމަށް ބަލައިފިނަމަ، އަޅުގަނޑު ނުދަންނަވާނަން ތުހުމަތުކުރާ ކަމަކަށްވެސް. އަޅުގަނޑާ އެއްވަރަށް މިކަން އަވަސްކުރުމަށް މަސައްކަތްކުރި މީހަކު، މަސައްކަތްކުރާ އިތުރުފަރާތެއް ދެން އަޅުގަނޑަށް ހަމަ، އަޅުގަނޑުމެންގެ ސަރުކާރުން މިކަން ލަސްކުރުމަށް އެއްވެސް މަސައްކަތެއް އަޅުގަނޑުމެން ކޮށްފައެއް ނޯންނާނެ. އަޅުގަނޑު ހަމަ ބޭނުންވެގެން މިއުޅެނީ ވީހާވެސް އަވަހަކަށް، އެންމެ ފުރަތަމައިނުން، އެމް.ޑީ.ޕީ.އިން ހުށަހެޅީ، ރިޔާސީ އިންތިޚާބުގެ ކުރިޔަށް ލޯކަލް ގަވރންމެންޓް އިންތިޚާބެއް ގެނައުމަށް. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގެނައުމަށް. އެއަށްފަހު ރިޔާސީ އިންތިޚާބު ގެނައުމަށް. އެއީ ޤާނޫނުއަސާސީ އެކުލަވާލަމުން ދިޔައިރުގައި އަޅުގަނޑުމެން އަޑުއުފުލަމުންއައިގޮތް. އެހެންނަމަވެސް، ތަޤްދީރު ދިމާކުރިގޮތުން، ކަންވީގޮތުން އަޅުގަނޑުމެންނަކަށް އެމަގަކަށް އެކަމެއް ނުކުރެވުނު. ދެން އަޅުގަނޑުމެންނަށް މިކަން ހަމަ ކުރެވެން މިއޮތް ކޮންމެ މަރްޙަލާއެއްގައި އަޅުގަނޑު މިއަންނަނީ ވީހާވެސް އަވަހަކަށް މިކަންކުރުމަށް، މަސައްކަތް ކުރަމުން. ދެން އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެން މިކަން ކުޑަކޮށްވެސް ލަސްކުރަން، އަޅުގަނޑުމެންނަށް ލިބޭ އެއްވެސް ފައިދާއެއް މިކަމުން ލިބޭ އެއްވެސް މަންފާއެއް، ލަސްކޮށްގެނެއް އޮތްކަމަކަށްވެސް އަޅުގަނޑެއް ނުދެކެން.

ކައުންސިލަރުން ޢައްޔަނުކުރުން، އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ތިބެނީ ކަތީބުން ޢައްޔަނު ކޮށްފައި. އަދި އޭގެއަދަދު ކަތީބުންގެ އަދަދު 800 އަށްވުރެ ގިނަވާނެ. މިހާރު އަޅުގަނޑުމެން ޢައްޔަނު ކޮށްފައި ތިބޭނީ ކައުންސިލަރުން. އެކައުންސިލަރުންގެ އަދަދު ރަށަކަށް އެންމެ މީހަކަށްވުރެން އިތުރެއް ނުވާނެ. އަދި މީގެކުރީގައި ކަތީބު، ބޮޑުކަތީބު، ކުޑަކަތިބު، މުޢާވިނު، މުރީދު މިހެންގޮސް އެކި ބާވަތްބާވަތުގެ ނަންނަމުގައި ބޭފުޅުން ތިއްބަވާނެ. ހަމަ އެކިގޮތްގޮތަށް ޢައްޔަނު ކުރެވިފައި ތިއްބެވި ބޭފުޅުން. އަޅުގަނޑުމެނެއް އެއްގޮތަކަށްވެސް ނުދެކެން، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެނެއް ރަށަކަށެއް، އަދި އަތޮޅަކަށެއް، އަދި އެއްވެސް މަގާމަކަށް މީގެކުރީގައި މީހުން ޢައްޔަނު ނުކުރާ މިންވަރަކަށް ނުވަތަ ކުރީގައި ކޮށްފައިވާ މިންވަރަކާ ގާތަށްވެސް އަޅުގަނޑުމެން ޢައްޔަނު ކޮށްފައެއް ނުވާނެ.

މުޙަންމަދު ޤާސިމް : ޓީ.ވީ.އެމް

މި ލާމަރްކަޒީ ބިލް ތަޞްދީޤްކޮށް، މި ޤާނޫނަށް މިގޮތަށް ޢަމަލުކުރެވެން ފެށުމުން މިހާރު އުފެދިފައިއޮތް 7 ޕްރޮވިންސް މަނިކުފާނު ކިހިނެއްތޯ ސިފަކުރައްވާނީ. ޕްރޮވިންސް މިނަމަށް ކިހިނެއްތޯ ވެގެންދާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ހަމަ މިދަންނަވާހެން، އެ ޕްރޮވިންސްތަކަކާ މި ލާމަރްކަޒީ ބިލާ މާބޮޑު ގުޅުމެއްނެތޭ، އިނގޭތޯ! އެ ޕްރޮވިންސް ތަކަކީ ސަރުކާރުން، މިހާރު ލާމަރުކަޒީ ބިލަށް، މިސާލަކަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، އެހެންނޫނީ، ޓްރޭޑް އެކޮނޮމިކް ޑިވެލޮޕްމަންޓުން ކުންފުނި ރަޖިސްޓަރި ކޮށްދެއްވަނީ. އެކުންފުނި ރަޖިސްޓަރީ ކުރެވެނީ، މީގެކުރީގައި މާލެއަށްއައިސް، މާލޭގައި ފުރާ ފޯމެއް ފުރައި، ޖަހާ ތައްގަނޑެއް ޖެހީމާ. އޭގެ ބަދަލުގައި އަޅުގަނޑުމެން މިއެދުނުގޮތަކީ، ރާއްޖޭގެ 7 ސަރަޙައްދެއްގައި އެކަން ކުރެވޭނެ ގޮތަކަށް އެ މިނިސްޓްރީގެ މަސައްކަތް ބަހާލާނީއްޔޭ. އެހެންވީމާ، ހަމަ އެކިއެކި އަތޮޅުތަކުން މާލެ އައުމުގެ ބަދަލުގައި ފުވައްމުލަކު މީހުން، މާލެ އައުމުގެ ބަދަލުގައި އައްޑުއަތޮޅު ހިތަދޫއަށްގޮސް ކުންފުނި ރަޖިސްޓަރީ ކުރެވުނީމާ، މި ލާމަރުކަޒި އުސޫލުން ހިންގުމަކީ ކައުންސިލެއް ހިންގާވާހަކަ އެދައްކަނީ އިނގޭތޯ. މީގައި އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ފަސޭހަވެދާނެހެން، މިދޭތި އަޅުގަނޑުމެންނަށް ސާފުވީމާ.

އެކައްޗަކީ ޤާނޫނު ހެދުމުގެ ނުވަތަ އުސޫލު ކަނޑައެޅުމުގެ ބާރެއް. ރައްޔިތުންގެ މަޖިލީހަކީ، ޤާނޫނުހަދާ މަޖިލީހެއް. ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނު ތަންފީޒުކުރާ ބައެއް. ޕްރޮވިންސް އަޅުގަނޑުމެން ހަދާފައި މިހުންނަނީ، މިލާމަރުކަޒީ އުސޫލުން ހަދާ ރަށްރަށުގެ އަތޮޅު ކައުންސިލްތަކުގެ ނުވަތަ ރަށު ކައުންސިލްތަކުގެ އުސޫލުތައް ތަންފީޒު ކުރާއިރުގައި ސަރުކާރުގެ އެހީތެރިކަންދޭއިރުގައި ގާތުން ދިނުމަށްޓަކައި. އަޅުގަނޑަކަށް މީގައި އަޅުގަނޑުމެންނަށް މިކަމުގައި އަރާރުންވާތަނެއް ނުފެނޭ ދެން. އެއްވެސް އިރެއްގައެއް އެނޫންގޮތަކަށެއް އުފައްދާފައިހުރި ތަންތަނެއްނޫން އެއީކީ. ހަމައެކަނި މާލޭގައި ހިނގަމުން އަންނަ މަސައްކަތްތައް 7 ތަނަކަށް ބަހާލައިގެން، އެ 7 ތަނުގައި ދިނުމަށް އުފައްދާފައިހުރި ތަންތަން. އެހެންވީމާ، އެކަމަކާއެއް އަޅުގަނޑެއް ނުދެކެން، މި ބިލަކާއެއް، ނުވަތަ މި ޤާނޫނަކާ އެއްވެސް ބާވަތެއްގެ ފުށުއެރުމެއްވާ ކަމަކަށް.

ޖޭޖޭ ރޮބިންސަން މިނިވަން ނިއުސް:

If I can move the subject along to the subject of the Guantanamo Bay inmates, why do you think there is so much public outcry over the subject, so much concern?


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

I don’t really think that there is much of an outcry. I mentioned this last year, back in December first and this has been public knowledge since then. Not a single person has actually said anything about it all this time. Recently, I suppose. You know, political pluralism is such that it is possible to create political waves through such misty clouds.

If you have a look at the legislation, if you have a look at the law, the Constitution, or our customs, this has nothing contrary to what the Maldives has been doing all along. So I don’t think there is an outcry. I don’t think that the people of this country are against such humanitarian assistance or a deed.

އަޙްމަދު ޙަމްދޫން: ހަވީރު ނޫސް

އަޅުގަނޑު ދެ ސުވާލެއް. އެއް ސުވާލު، ހަމަދެންމެ އެކުރެއްވި ސުވާލު، ގޯންޓެނާމޯބޭ ޖަލުގެ މައްސަލާގައި. ކުރިން ރައިސް ފާހަގަކުރައްވާފައި އޮތީ ޗައިނާގެ ދެމީހަކު ގެންނަ ވާހަކަ އެހެންނަމަވެސް، ފޮރިން މިސްޓަރ ޝަހީދު އަޅުގަނޑުމެންނަށް ދެއްވި އިންޓަރވިއުއެއްގައި ފަހުން ވިދާޅުވި، ފަލަސްޠީނުގެ މީހަކު ގެންނަވާ ވާހަކަ. ދެން އިތުރަށް އަނެއްމީހާ އައިޑެންޓިފައި ނުވާކަމަށް. ދެން ދެންމެ، އިންސާނީ ޚިދްމަތެއްގެ ގޮތުގައި ދެކޮޅުނަހައްދަވާކަމަށް ދެންމެ ތިޔަ ފާހަގަކުރެއްވީ. ނަމަވެސް ރާއްޖޭގެ ބައެއް މުހިންމު ސިޔާސީ ޕާޓީތައް، އެންމެބޮޑު އިދިކޮޅުޕާޓީ ޑީ.އާރް.ޕީ، ޤައުމީ ޕާޓި، އަދި މަނިކުފާނުގެ ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ކޮންމެސްވަރަކަށް ނުރުހުން ފާޅުކޮށްފައި މިއޮތީ. މިކަމާ އިތުރަށް ވިސްނުމަށް އަދި މިކަމަށް ބުއްދިވެރިކަމެއް ނޫންކަމަށް ޢަދާލަތުންވެސް އެބަބުނޭ. އެހެންވީމާ، މިރާއްޖޭގެ ސިޔާސީ އުދަރެހުގައި މިފަދަވިސްނުންތަކެއް ހުރިއިރުގައި ކިހިނެއްވެގެންތޯއޭ، ކުއްލިގޮތަކަށް، ކުއްލިގޮތަކަށޭ މިދެންނެވީ، އަޅުގަނޑަށް އެނގޭ މިދިޔައަހަރުގެ ޑިސެމްބަރުން ފެށިގެން ވިސްނަވަމުން ގެންދަވާކަން. އެހެންނަމަވެސް، މި ކަން ހުއްޓަވާނުލައްވާ ކުރިޔަށްގެންދަވަނީ ކޮން މަޤްޞަދެއް ހާސިލް ކުރައްވަންތޯ؟ ބައެއް ބޭފުޅުން ވިދާޅުވޭ، މަނިކުފާނުގެ ނޯބަލް ޕީސް ޕްރައިސް އިނާމު ބޭނުންފުޅުވާތީ، އެމެރިކާގެ ރައީސްގެ ހިތްޕުޅުހަމަޖެހިވަޑައިގަތުމަށް ކުރައްވާ ކަމެކޭ. ރާއްޖޭގެ ރައްޔިތުންގެ އަޑުތައް ނާއްސަވަނިއްޔޭ.

ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން، ފަލަސްޠީނުގެ ރައްޔިތެއްގެ ވާހަކަ މިދައްކަނީ. ފަލަސްޠީނުން އޭނާ ބަލައެއްނުގަނޭ. ޑޮކްޓަރޝަހީދު އަޅުގަނޑު ކައިރީ ވިދާޅުވި، އޭނަގެ ހަމައެކަނި ކަމަކީ ދީނަށް ގޮވާލެއްވުމޭ. ދީނަށްގޮވަލާ މީހަކު ފަލަސްޠީނަކީވެސް ހަމަ މުސްލިމުންއުޅޭ، މުސްލިމް ޤައުމެއް. އެޤައުމުން ބަލައިނުގަނެ، އަޅުގަނޑުމެންގެ ހަމައެކަނި ދިވެހިރާއްޖެއިން އޭނާ ބަލައިގަންނަން މިއުޅެނީ ކިހިނެއްވެގެންތޯ، ކޮބައިތޯ މީގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިޓޯ ވިދާޅުވެދެއްވަފާނުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު ތިޔަ ސުވާލަށް ޖަވާބު އަރުވާނަން. އިނގޭތޯ!
1- ޢަދާލަތުޕާޓީ އެއްވެސް ޙާލެއްގައި މިކަމަކާ އިންކާރެއް ނުކުރޭ. ޢަދާލަތު ޕާޓީއަކީ އަޅުގަނޑުމެންގެ އިއްތިހާދުގައި ހިމެނޭ ޕާޓީއެއް. އަދި މިކަމުގައި ހުރިހާ މަޝްވަރާތަކެއް، ހުރިހާ ހިސާބެއްގައި ޢަދާލަތުޕާޓީއަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަދި އެންމެފަހުން، ދާދި އިހަކަށްދުވަހަކު އަޅުގަނޑު ޑޮކްޓަރ މަޖީދާ، ޚާއްޞަކޮށް، އަޅުގަނޑު ގުޅައި، މިކަމާ މަޝްވަރާކުރިން. އެބޭފުޅާ އެއްވެސް ހާލެއްގައި މިކަމަކާ އިންކާރެއް ނުކުރައްވާ. އެބޭފުޅާ އަނެއްކާވެސް ތަކުރާރު ކުރެއްވީ، އެއީ ޓެރަރިސްޓުންތޯ އަޅުގަނޑުމެން ބަލަންޖެހޭނެއޭ. އަޅުގަނޑުވެސް ހަމަ އަނެއްކާވެސް ދަންނަވާނަން، އެއިކީއެއް ޓެރަރިސްޓުންނެއް ނޫން. އެއީ، ހަމަ އަޅުގަނޑުމެންނަށް އެދުވަސްވަރު އެންމެންނަށް ވަރަށް ސާފު، ގޮންޓެނާމޯބޭގައި މީހުން ހައްޔަރުކުރީކީ ބެލުމެއްނެތިކަން. ހަމަ އެތަންމިތަނުން މީހުންތައް ގެންގޮސް ހައްޔަރު ކުރީކަން.

ދެން މިއަދު އަޅުގަނޑުމެންނަށް އެޖަލު ރޫޅާލެވޭއިރުގައި އަދި އެހުރިހާ މުސްލިމުންނަށް ގޮތެއް ހޯދައިދިނުމަށް އުޅޭއިރުގައި މިދުނިޔޭގައިއޮތް ހަމައެކަނީ ސަތޭކައިން ސަތޭކަ މަދު މުސްލިމް ޤައުމުތަކުގެތެރެއިން ޤައުމެއް ދިވެހިރާއްޖެ. މިރާއްޖެއަށް އަޅުގަނޑުމެންނަށް އެމީހުންނާ އަޅާނުލެވުނީމާ، ކޮބައިތޯ އަޅުގަނޑުމެނަށް އިސްލާމީ އުންމަތާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ދުނިޔެއަށް ދެން އަދި އެހެން ފޮތުގެ އަހުލުވެރިންނަށް ދެއްކުނު ނަމޫނާއަކީ. އަޅުގަނޑަކަށް ހަމަ މިވާހަކައެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ. އަޅުގަނޑުމެންނަށް ވަރަށް ސާފު އެއީކީއެއް ޓެރަރިސްޓުން ނޫންކަން. އަޅުގަނޑުމެން ސަރުކާރުން ބަލައިފި، އެމެރިކާ ސަރުކާރުގެ އެހީގައި ބަލައިފި. އަދި އެހެންގޮތްގޮތުންވެސް ސަރުކާރުން ބަލައިފި. އެވެނި މީހަކީ މިވެނި މީހަކީ ކާކުތޯ. އޭނާގެ ދެންތިބި ގާތްތިމާގެ މީހުންނަކީ ކޮބައިތޯ. ނިކަން ވިސްނަވާ ބައްލަވާ! މިހާރު ހައަހަރު ހަތްއަހަރު އެދަނީ ހިލާ ކަމެއްކޮށްގެނެއްނޫން. ތަނެއްގެ ކުޑަކުޑަ ޖަލެއްގައި ބިޑިއެޅިފައި، ޗޭނުޖެހިފައި. އަދި އެނގިވަޑައިގަންނަވާތޯ، އެމީހުން ހައްޔަރުކޮށްފައި ތިބޭގޮތް. އަޅުގަނޑުމެންނަށް ފޮޓޯތައްފެނޭ. ދެން އޭގެއިން މީހަކަށް އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދެވެންއޮތް ހިނދެއްގައި އެދިނީމާ، އެކަމާ ދެން ދައްކާވާހަކަ އަޅުގަނޑު އެއްގޮތަކަށްވެސް އަޑުއަހާކަށް ނެތިން. އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް އަޑުއަހާކަށް ނެތިން. އަޅުގަނޑެއް ނުދެކޭނަން. ތިޔަބޭފުޅާވެސް އިޚްލާޞްތެރިކަންމަތީގައި މިވާހަކަދައްކަވާކަމަށް ވަނީވިއްޔާ، ބަޔަކަށް މިފަދަ އަނިޔާ ލިބެމުންދާއިރުގައި، އަދި އަޅުގަނޑުމެންނަށް އެކަމުން އެބައިމީހުން އެއްކައިރި ކުރެވެން، އެހީތެރިވެވެން އޮތްއިރެއްގައި ސިޔާސީ ބޭނުމަކަށް މިއީ، ދައްކަވާ ބާވަތުގެ ވާހަކައެއްނޫން، އަޅުގަނޑު ހަމަ މިމަސައްކަތައިގެން، ރާއްޖޭގެ ޤާނޫނަކާ ޚިލާފު އެއްވެސްކަމެއް މިއަކު ނޯންނާނެ، އަދި ރާއްޖޭގެ އާންމު އުސޫލުތަކަކާ ޚިލާފު އެއްވެސް ކަމެއްވެސް ނޯންނާނެ. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި އިސްލާމްދީނާއި އިސްލާމީ ރިވެތި އާދަކާދައާއި އިސްލާމީ ސަގާފަތާ މިހުރިހާކަމަކާ އެއްހަމައަކަށް ގެންދެވޭނީ، އަޅުގަނޑުމެންގެ ދީލަތިއަތެއް އެމީހުންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވުނީމާ. އެހެންނޫނީ އަޅުގަނޑުމެންނަކީ މިވެނި ބައެކޭ އެވެނި ބައެކޭ ބުނެ، އަޑު އުފުލާ އުޅުމުގެ ޙައްޤެއް އަޅުގަނޑުމެންނަކަށްވެސް ނެތް. އަޅުގަނޑު ހަމަ މިސުވާލު އިތުރަށް އެއްވެސް ބޭފުޅަކު ނުކުރުމަށް އެދެން. އަޅުގަނޑެއް ނުދެކެން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި މިކަމުގައި ސުވާލެއް އޮތްކަމަކަށް. އެހެންނަމަ، މިދިޔަ އަހަރު ޑިސެމްބަރުގައި އެވާހަކަދެއްކީސް. މިއަދަކުނޫން އެހެންނަމަ ދައްކާނީކީ. އަޅުގަނޑުމެންނަށް ހަމަވަރަށް ސާފު، މީގެ ޤާނޫނީ އެއްވެސް މައްސަލައެއް ނޯންނާނެ. އަޅުގަނޑު އެންމެފުރަތަމަ ދުވަހުއްސުރެ ފަށައިގެން އެކަން ބަލަމުންއައީ.

ދެން ވިދާޅުވެއްޖެ، ޗައިނާ މީހުންގެވާހަކަ. އަޅުގަނޑުމެން އެ ޖަލުގައި ތިބި ކުށްވެރިންގެ ނަމުގައި އެތަނުގައި ހައްޔަރުކޮށްފައިތިބީ ކޮންކޮން މީހުންނެއްތޯ ބެލިއިރުގައި ޗައިނާ މީހުންނާ، އަނެއް މީހުންނާ، އަނެއް މީހުންނާ ތިބި. ދެން އަޅުގަނޑުމެން މިކަމުގައި އަހަރުދުވަހު އަޅުގަނޑު މި ވިސްނީ، އަޅުގަނޑުމެންގެ އެކުވެރި ދައުލަތްތަކާ، އެހީވާ ޤައުމުތަކާ މިހުރިހާ އެންމެންނާ ވާހަކަދައްކާފައި. އެނގިވަޑައިގަންނަވާނެ، މަހުމޫދު ޢައްބާސާ އަޅުގަނޑު ދާދިފަހުން ގުޅިންކަން. މިހާރު މިސާލަކަށް، އެބޭފުޅުންނަކަށެއްނެތް، ޕާސްޕޯޓު ނެތް ރައްޔިތަކު ގެނެވޭކަށް. އެބޭފުޅެއްގެ ރައްޔިތެއްގެ ގޮތަކު. އެހެންނެއްނޫން، އެބޭފުޅުންނަށްވެސް ހަމަ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ފަލަސްޠީނުން ކިތައްމިހުންނާ ހަވާލުވޭކަން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތެއްވެސް އެތާހުރި. އަޅުގަނޑުމެން އޭނަވެސް މިރާއްޖެއަށް ގެނައިން. އަދި މީގެ ދެތިންމަހެއް ކުރީގައި އަޅުގަނޑުމެން ގެނެއްސިން ސޯމާލިޔާ 9 ޕައިރޭޓުން. އަދި އިއްޔެގައި އަޅުގަނޑުމެން ގެނެއްސިން ސޯމާލީ އިތުރު 7 ޕައިރޭޓުން. އަދި ދަންނަވަންތޯ، 1988 ގައި ހަމަ ކަނޑައެޅިގެން ޕްލޮޓް ޖަމާޢަތުގެ 100 އާ ގާތަށް ޓެރަރިސްޓުން ސަލާމަތްކަންމަތީގައި އަޅުގަނޑުމެން މިރާއްޖޭގެ ޖަލުގައި ބައިތިއްބައިފި. މިމީހުން އަޅުގަނޑުމެން ބައިތިއްބަންވެސް މިއުޅެނީކީ ޖަލަކުނޫން. މީގެއިން އެކަކީ އަޅުގަނޑަށް އެނގިފައިއޮތްގޮތުގައި، މިހުރިހާ އެންމެންނަކީ ހަމަ ތަޢްލިމީ ތަންދޮރު ދަންނަ ރަނގަޅު މީހުން. ދެން އަޅުގަނޑުމެންނަށް އެމީހުންނަށް އެހީތެރިނުވާންވެގެން، ވެވެންނެތެކޭ، ނުވަތަ ސަރުކާރުން އެކަންކުރާތީވެ، މިވެނިކަމެކޭ އެވެނިކަމެކޭ ކިޔައިގެން ވާހަކަދެއްކުމަކީ އަޅުގަނޑަކަށް ހިޔެއްނުވޭ ރީތި ގޮތެއްހެނެއް. އަޚްލާޤީ މިންގަޑުން ބެއްލެވިނަމަވެސް.

ދެން އެމެރިކާގެރައީސާ ނޯބެލް ޕްރައިސްއާ އޮތް ހަމަ އެއްވެސް ގުޅުމެއް ނެތް. އެބޭފުޅާއަށް ދާދީ އިހަކަށްދުވަހަކު އެކަން ލިބުން ފިޔަވައި. ދެން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑެއް ކުރާކަމެއް މިކުރަނީ، އޭގެއިން އަޅުގަނޑަށް ލިބޭނެ އިނާމަކަށް ބަލައިގެނެއްނޫނޭ. އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށާއި އަދި އަޅުގަނޑުމެންގެ ހިތްތަކަށް ރަނގަޅު ކަންތައްތައް ކަމަށް އަޅުގަނޑުމެންނަށް ފެންނަ ކަންތައްތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. ރާއްޖޭގެ ޤާނޫނު ހުއްދަދިން މިންވަރަކުން.

އަޙްމަދު ޙަމްދޫން: ހަވީރު ނޫސް

މި މީހުން މި ވަޒަންވެރި ކުރެވޭނެ ގޮތެއްކަމަށް ޤާނޫނީގޮތުން، މީގައި ޤާނޫނީ ބައެއް ބޭފުޅުން މިސުވާލު އުފައްދަވަނީ. ކޮބައިތޯ އަޅުގަނޑުމެންނަށް، ދެންމެ ވިދާޅުވި، ފަލަސްޠީނަށްވެސް ޕާސްޕޯޓަކާއެކު ނޭރުވޭނެކަމަށް. އަޅުގަނޑަށް އެނގިފައިއޮތީ އިމިގްރޭޝަން ޤާނުނުގައި ބުނާގޮތުންވެސް މިޕާސްޕޯޓެއް އޮންނަން އެބަޖެހޭ. ނުވަތަ އެޤައުމެއްގެ ސަރުކާރެއްގެ ރަސްމީ ޚާއްޞަ ލިޔުމެއް އޮންނަން އެބަޖެހޭ. ޚާއްޞަ ލިޔުމަށް ބަލާއިރު އެކި ހާލަތްތަކެއް އެބައޮތް. މިސާލަކަށް ޓެރަރިޒަމްގެ ކުށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ، ދަންނަވަންތޯ ވާހަކައެއް، އަޅުގަނޑާ ތިޔަބޭފުޅާއާ، ތިޔަބޭފުޅާއަކީވެސް ޤާނޫނީ ވަކީލެއް ނޫން. އަޅުގަނޑަކީވެސް ޤާނޫނީ ވަކީލެއް ނޫން. އަޅުގަނޑުމެންގެ އެބަ ހުންނަވާ ބަންޑާރަ ނައިބެއް. އެބޭފުޅާގެ ލަފާގެމަތިން ހުރިހާ ޤާނޫނީ ހަމައެއްގެ ތެރެއިން އަޅުގަނޑުމެން މިކަން މިދާނީ.

އަޙްމަދު ޙަމްދޫން: ހަވީރުނޫސް

ބަންޑާރަ ނައިބު ލަފާ ދެއްވީ ނޫންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު ދެން މި މައުޟޫޢުގައި ހަމައެއްގޮތަކަށްވެސް ކުރިޔަށް ދާކަށްނެތިން.


ޖޭޖޭ ރޮބިންސަން މިނިވަން ނިއުސް

I am JJ from Minivan News again. Is the government planning to gazette the new regulation regarding Islamic unity from the Islamic Ministry?


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

Well, it has now come to the Cabinet and it was decided, with the consent of the Islamic Ministry, that it is a document well worth for the Cabinet to have a view upon it. Simply to make sure that you have all the stakeholders’ agreement and fingerprint to it, so that it will become a more cohesive document.

ޖޭޖޭ ރޮބިންސަން މިނިވަން ނިއުސް

On similar subject, the Labour Ministry today said it was not going to allow the Islamic Ministry to use the Maafannu Stadium for the appearance of Zakir Naik on the 25th, is the government going to assist finding an alternative venue?

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

Certainly. We will have to have a venue for them. There is no doubt about that. There is freedom of expression in this country. People should be able to express their viewpoints within the basic boundaries of our law. So we have to find a venue for them.

ޢަބްދުއްލަޠީފް އާދަމް: މިއަދު ނޫސް

މަނިކުފާނު ވިދާޅުވެއްޖެ، ކުރީގެ ސުވާލުގެ ވާހަކަ ޙަމްދޫނުގެ ސުވާލުގެ ވާހަކަ ނުދައްކާށޭ. އެހެންނަމަވެސް، ހަމައެއްގޮތަކަށްވެސް އަޅުގަނޑުހަމަ މަނިކުފާނަށް ސުވާލެއް ކުރާކަށްނޫން، ހަމަގައިމުވެސް އަޅުގަނޑު ދަންނަވާލަފާނަށް. މަނިކުފާނުގެ ޑައިވް އިސްތިހާރުވީވަރަށް އިރާދަފުޅުކުރެއްވިއްޔާ ދިވެހިރާއްޖެއަށް މިކަމުގެ ރީތިނަން ބޭރުގެ ނޫސްތަކުން ހަމަގައިމުވެސް ސާއިޢުކޮށްފި. މީގެގަޑިއެއްހާއިރު ކުރިންވެސް އޮސްޓްރޭލިއާގެ ނޫހަކުން އެބައޮތް 2 ޞަފްޙާގެ ބަޔާނެއް އަރުވާފައި، ފުދޭވަރަކަށް ތަޢްރީފް ކޮށްފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަނގަޅު އިސްތިހާރެއްކަމަށް އަޅުގަނޑު ހަމަ ދަންނަވާލަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނަށް، މިހާރު ރައްޔިތުންނަށް މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދާދިނުމުގެ މަރްޙަލާތައް ފެށިގެންމިދާއިރުގައި އަދިވެސް ވަރަށްގިނަބަޔަކު ތިބީ ޝައްކުގެމަތީގަޔޭ މިކަންތައްތައް ކުރިޔަށްދާ ސްޕީޑަށް ބަލާފައި. އެހެންވީމާ، މަނިކުފާނުގެ ވަޢުދުތައް މިރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުމުގައި ކިހާވަރެއްގެ ޔަޤީންކަމެއް މިހާރު ރައްޔިތުންނަށް ދެއްވެން އެބައޮތްތޯއޭ، ކިހާވަރެއްގެ ހިސާބަކަށްތޯއޭ އެމަގުން ވަޑައިގެންނެވިފައިވަނީ މިހާރު؟



ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ލަޠީފް ތެދުފުޅެއް އިނގޭތޯ، އަޅުގަނޑުމެން އެންމެފުރަތަމަ މިސާލަކަށް ވަގުތުތައް ކަނޑައެޅިއިރުގައި ނުވަތަ ވަގުތުތައް އަޅުގަނޑުމެން ހާމަކުރިއިރުގައި ހަނދުމަފުޅުހުންނާނެ، އަޅުގަނޑު ބުނަމުންދިޔައިން، މިހާރު މިވަނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓޭ. ނުވަތަ ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢްލާނު ކޮށްފައޭ. އެ އިޢްލާންކޮށްފައި މިތައްދުވަހު އެ އިޢްލާން އޮންނާނެއޭ. ބައެއްގެ ޝައުޤުވެރިކަން ލިބުނީމާ އެބައެއްގެ ކިބައިން އެދޭނަމޭ، ރިކްއެސްޓްފޮރ ޕްރޮޕޯޒަލެއް ނުވަތަ ޕްރޮޕޯޒަލެއް ހުށހެޅުމަށް. އެ ޕްރޮޕޯޒަލް ހުށަހެޅުމަށް މިހާދުވަސް ލިބޭނެއޭ. ދެން އެފަދަ ޕްރޮޕޯޒަލެއް އިވެލުއޭޓު ކުރުމަށް. މިހާދުވަސް ނަގާނެއޭ. އެހެންވީމާ، މި އުސޫލުން ގޮސް މިކަން ނިމޭއިރުގައި މިވެނިމިވެނި ދުވަހެއްގައި ނިމޭނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ.

މިހާރު ބައްލަވާ، އަޅުގަނޑުމެންގެ މިހެން ހިނގާ ޓެންޑަރތަކުގެ ތެރެއިން ކޮރަޕްޝަން ބޯޑުން ކިތައް މައްސަލަތޯ ހުއްޓުވާފައިވަނީ. ރައްޔިތުންގެ މަޖިލީހުގެ ސުވާލަށް ކިތައް މައްސަލަތޯ ހުއްޓިފައިވަނީ. އަދި އެކިއެކި ޝަރުޢީ މަރުޙަލާގައި އެކިކަންކަން ވެގެން ކިތައްކަންތައްތޯ ހުއްޓިފައިވަނީ. އެހެންވީމާ ދެން އަޅުގަނޑުމެންނެއް ބޭނުމެއްނޫން، އެއްވެސް ކަހަލަ ޝައްކެއް ވަސްވާހެއް އޭގެތެރޭގައި ހިމެނޭގޮތަކަށް އެއްވެސް މަސައްކަތެއް ގެންދާކަށް. އަޅުގަނޑަށް އެނގޭ، ރައްޔިތުންބޭނުންވާކަން ނަރުދަމާ. އަޅުގަނޑަށް އެނގޭ ރައްޔިތުން ފެން ބޭނުންވާކަން، އަޅުގަނޑަށް އެނގޭ، ރައްޔިތުން ބޯހިޔާވަހިކަން. އަޅުގަނޑުމެންނަށް ޔަޤީން ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދެވޭނެކަން. އަދި އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ މެނިފެސްޓޯ، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމާ ގުޅޭގޮތުން އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއް ނުކުރަން.

މިއަދު ނުހުއްޓި ބަލާއިރުގައި މިއީ އަޅުގަނޑުމެން ސަރުކާރު ހިންގަމުން އަންނަތާ އަދި މިވަނީ، 2 އަހަރު ނުވޭ. މިސާލަކަށް ދަތުރުފަތުރުކުރުމުގެ ނިޒާމުގެ މިހާރު މިއޮތް ހިސާބަށް ގެނައުމަށް ރޭވިފައި އޮންނާނީ ތިންއަހަރު ފަހުން. 4 ރަށް ބިން ހިއްކުން އިނގޭތޯ. އަޅުގަނޑުމެން އޮންނާނެ، ބިން ރާއްޖެއަށް އިތުރަށް ބޭނުންވާނެކަމަށް ބޭނުންވާ އަދަދުތަކެއް ކަނޑައަޅާފައި. އެއަދަދުތަކާ ހަމައަށް ބިމުގެ މިންވަރު ގެނައުން. އެއީ، އަޅުގަނޑުމެން 4 އަހަރު ދުވަހުގެ ތެރޭގައި ކުރަން ނިންމާފައި އޮތް ކަމެއް. އެކަމަކު އިރާދަކުރައްވައިގެން މިހާރު މިކަންވެސް މާއަވަހަށް މިވަނީ. ދެން ބޯހިޔާވަހިކަން. ބޯހިޔާވަހިކަމަކީ އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ ތެރޭގައި 10000 ގެ އަޅަން ފަށާނެކަމަށް އަޅުގަނޑުމެން ބުނީ. ދެން އަޅުގަނޑަށް ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް އަޅުގަނޑުމެންނަށް އެކަންކުރެވޭނެކަމަށް. ދެން އަޅުގަނޑަކަށް އަދި ހަމަ އެއްވެސް ޙާލެއްގައި ލަޠީފް އިނގޭތޯ، އަޅުގަނޑު އަދި ދަންނަވަންތޯ، އަޅުގަނޑަކަށް ރައްޔިތަކުވެސް ދިމައެއްނުވެޔޭ، ކަންބޮޑުވެފައި ހުއްޓަކާއެއް. ހަމަ މިދިމާވެގެން މިއުޅެނީ މާލޭގައި ވަރަށްބޮޑަށް އެއްކަލަ ސިޔާސީ ވާދަވެރި ކަމެއްގެ ތެރޭގައި ތިބި މީހުންކޮޅެއް ޓިވީއާ ރޭޑިއޯއާ އެކިއެކި ޒަރީޢާތަކުން ވަރަށް ފެވިގެންވާ ވާހަކަތަކެއް، ވަރަށް ފަހި ބަސްތަކަކުން ފާހަގަކުރަމުންދަނީ. އެހެންދިޔައިމާ އެމީހުންގެ ތެރޭގައި އެކަމެއް ހުރީ. މިހާރުވެސް އަޅުގަނޑު މާރަންދޫ އިން މީހަކަށް ގުޅާފައި، އާދަނާއޭ، ޙައްވާއޭ، ކޮބާ ކިހިނެއްހެއްޔޭ، ވަރަށްރަނގަޅޭ ބުނާނީ. ހަމަވަރަށް ރަނގަޅޭ ބުނާނީ. އެއީ މާރަންދުއަށް ބައްލަވައިފިއްޔާ މާރަންދޫގައިތިބި ރައްޔިތުންގެ ދެން އަޅުގަނޑު މިދަންނަވަނީ އިނގޭތޯ ރައްޔިތުންގެ ތެރެއިން އުމުރުން 65 އަހަރުވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ލިބޭނެ. މިދިޔަ އަހަރުތެރޭގައި އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ އިރާދަކުރައްވައިގެން 25 ހާސް މީހުންނަށްވުރެ ގިނަމީހުންނަށް ބޭސްފަރުވާ ކޮށްދެވިއްޖެ. މަދަނައިގެ އިންޝުއަރެންސްގެ ދަށުން. ދެން އެއް ދަންފަޅިއަށް ސްކޫލްތައް ހަދާދެވިއްޖެ. އެނގިލައްވާނެ، މާލޭގެ މަދަރުސާތަކުގެ ޝަކުވާ. ކޮބައިތޯ ނެތް. އެނގިވަޑައިގަންނަވާނެ، ޣިޔާޘުއްދީން ސްކޫލާ ގުޅޭގޮތުން މުޒާހަރާކުރިތަން. މިއަދުވެސް އަޅުގަނޑަށް އެބައޮތް 6 ސިޓީ އައިސްފާ. އެ ސްކޫލަށް ވަންނަންވެގެން.

އެހެންވީމާ، މިކަންކަމުގައި އަޅުގަނޑުމެން ކަންބޮޑުވާކަށެއްނުވާނެ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގެންޖެހޭނެ، ޑިމޮކްރަސީއަށް ފަށައިގަނެގެން ދާއިރުގައި ޖޯޝްގައި ބައެއްބޭފުޅުން ތިއްބަވާނެކަން. އަދި އުންމީދުތަކެއްގައިވެސް ބައެއް ބޭފުޅުން ތިއްބަވާނެކަން. ދެން އެކަންކަން އަޅުގަނޑުމެންނަށްވެސް އެނގިލައިގެން ހަމަޖެހިގެން އަޅުގަނޑުމެން ކުރިޔަށްދިޔައިމާ ރަނގަޅުވާނެ. އަޅުގަނޑަކަށް މީގައި ހަމަ އެއްވެސް މައްސަލައެއް، އެއްވެސް މައްސަލައެއް، ޙަޤީޤަތުގައި އިނގޭތޯ ލަޠީފް، އަޅުގަނޑު ވަރަށް ހިތްހަމަޖެހިގެން މިހުންނަނީ. އަޅުގަނޑު ކުޑަކޮށްވެސް ކަންބޮޑުވަނީއަކީއެއްނޫން. ދެން އަޅުގަނޑު ކުރީގައި މިފޮތްކިޔާއުޅޭ މިންވަރަކަށް މިހާރު ފޮތެއް ނުކިޔޭ އަޅުގަނޑަކަށް. އެވަގުތުކޮޅުއަދި ހޯދެނިކޮށް ވަރަށްރަނގަޅުވާނެ. ދެން އެހެންނޫނިއްޔަކާ ހަމަ އެއްވެސްކަމެއް ދިމާވެގެނެއް އަޅުގަނޑެއް ހަމަ ނޫޅެން އިނގޭތޯ. އަޅުގަނޑުމެންނަށް މިކަން މިގެންދެވެނީ ބަރާބަރަށް.

ދެން އަދި އަޅުގަނޑު ދެތިން ސުވާލު ޒުހައިރު ބޭނުންވެލައްވަންޏާ، އެބޭފުޅުންނަށް އެރުވުން ރަނގަޅު ވަރަށް ގިނަދުވަސްވެއްޖެ ދިމާނުވާތާ.

މުޙަންމަދު ޤާސިމް ޓީވީއެމް:

އާދެ، އިދިކޮޅުފަރާތްތަކުން ބާއްވަމުންދާ މުޒާހަރާތަކުގައި ޚާއްޞަކޮށް އެންމެ ފަހުން ބޭއްވި މުޒާހަރާގައިވެސް އިދިކޮޅު ސިޔާސި ބައެއް ލީޑަރުން ހަރުއަޑުން ގޮވަމުންދިޔައީ، މި ކަރަންޓުގެ އަގު ދަށްކުރިނަމަވެސް އަދި ގުއަންޓަނާމޯބޭގެ އިޝޫގައި، ނޫނިއްޔާ އަދި އެހެންކަމެއްގައި ނަމަވެސް އެއްވާންޖެހޭނެއޭ. އެއްވުންތައް ކުރިޔަށް ގެންދަންޖެހޭނެއޭ. ދެން އަދި މިގޮތަށް ބާއްވާ މުޒާހަރާތަކުގައި މަނިކުފާނުގެ އިސްތިޢުފާއަށާއި އަދި މިހާރުގެ ސަރުކާރު ވައްޓާލާނެކަމަށް ގޮވަމުންދަނީ. ދެން އެރޫޙުގައި އެބޭފުޅުން މެންބަރުން އިތުރުކުރުމާ މިކަންތައްތައްވެސް ކުރިޔަށްދޭ. މަނިކުފާނު ގަބޫލުފުޅުކުރައްވަންތޯ މިގޮތަށް ނުކުމެގެން ސަރުކާރު ވައްޓާލެވިދާނެކަމަށް؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން، އަޅުގަނޑު ނޫންތޯ އެންމެބޮޑަށް ނުކުރާނީ. އެއީ އެއްވެސް ބަޔަކަށް ވެފައިއޮތް ކަމެއްނޫން. އެއްވެސް ބަޔަކަށް މިރާއްޖޭގައި ވެފައިއޮތް ކަމެއްނޫން. އެގޮތަށް ނުކުމެ، ސަރުކާރު ވައްޓާލުން. ސަރުކާރު ވައްޓާލާގޮތަކީ، ވެރިޔަކަށްހުންނަ މީހަކު މަރާލުން. ދެން އެއިރަށްވެސް މިހާރަކު ސަރުކާރެއް ނުވެއްޓޭނެ. މިހާރު މިއޮންނަނީ ޤާނޫނުއަސާސީއެއް. އަޅުގަނޑު ނެތަކަސްވެސް ހަމަ މިސަރުކާރު އޮންނާނެ. އެއަކުންނެއް އެހެން ސަރުކާރެއް ނާންނާނެ. އަޅުގަނޑަކަށެއް އެއްގޮތަކަށްވެސް ހަމަ ކުޑަކުޑަ ކޮށްވެސް ޒައްރެއްގެ މިންވަރަށްވެސް ނުފެނެއޭ އިނގޭތޯ ތިޔަތަނެއް. ފެންނަނަމަ އަޅުގަނޑުވެސް އުޅޭނެނޫންތޯ އެކަމާ.

ދެން އަޅުގަނޑަށް ކަމެއްނެތް ކަމެއްގައެއް ދެން އެހާބޮޑަކަށެއް ނޫޅެވޭނެއެއްނޫންތޯ. އެކަމަކު ކަމެއް އަޅުގަނޑަށް އިނގޭތޯ މި އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތްތައް އެކަންކަން ކުރުމުގައި އަޅުގަނޑު އަވަދިނެތި އުޅޭނަން. އެހެންނަމަވެސް، ދެން އެހެންހަމަ ތަނަކުން ދެމީހަކު އިސްތިޢުފާއޭ، އަނެއް ހަތަރުމީހަކު އެއްވެފައި ވައްޓާލާނަމޭ، އަޅުގަނޑު ތަންކޮޅެއް އެ ތަޖުރިބާގައި ދޮށްޓެއްނޫންތޯ އެކަމާ ކަންބޮޑުވާން. އަޅުގަނޑާ އެއްވަރަށް، ތިޔަ ވިދާޅުވި ކަމުގައި ތަޖުރިބާ ހުރި މީހަކު އަޅުގަނޑަކަށް ހިއެއްނުވޭ މިރާއްޖޭގައި އެހެންނެއް ގިނަވާނެހެންނެއް. އެހެންވީމާ، ދެން އަޅުގަނޑު މާބޮޑަކަށް އެކަމުގައި ކަންބޮޑެއްނުވާނެ. ދެން ބައެއްފަހަރަށް އަޅުގަނޑު ހިތަށް އަރާ ތިޔަށްވުރެ ރަނގަޅު ސްޕިންނެއް އެބައޮތޭ. ދެން އެކަމަކު އަޅުގަނޑެއް އެވާހަކައެއް ކިޔައެއްނުދެން.

ޙުސައިން އަމީން ދި ޓިވީ:

އަޅުގަނޑުމެންނަށް މިފަހަކަށްއައިސް ކުރަމުންދާ މުޒާހަރާގައި، ދެންމެ މަނިކުފާނު ވިދާޅުވެއްޖެ، މަނިކުފާނު ހުންނަވަނީ ވަރަށްބޮޑަށް ހިތްހަހަމަޖެހިވަޑައިގެން ކަމަށް، ދޮގެއްތޯ. ދެން އެހެން ވިދާޅުވިއަސް އަޅުގަނޑުމެންނަށް އެބަފެނޭ، ވަރަށްގިނަ ފަރާތްތަކަކުން، ދާދި އިހަކަށްރޭވެސް އިދިކޮޅުފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ގިނައަދަދެއްގެ ބޭފުޅުން ބައިވެރިވިތަން. މަނިކުފާނު ގަބޫލުފުޅު ނުކުރައްވަނީތޯ، އެއީ ގިނަ އަދަދެއްކަމަށް؟
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން، އެކަމާ ހިތްހަމަޖެހޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، ޖޯޝާ އެކީގައި ސިޔާސީ ބައިވެރިވުމަށް ނުކުތުމަށް އެހާގިނަ މީހުންތިބިކަން އެއީ، ފުރަތަމަ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭކަމެއް. ދެން އޭގެ އަދަދު މިހާރު މިސާލަކަށް އިނގޭތޯ، ބޭރަށް ނުކުތީމާ ނުކުންނަ ކޮންމެ މީހަކު ހިފާ ހައްޔަރު ކޮށްފައި އެއްހުޅު ބިޑިއަޅާފައި 40 ދުވަސްވަންދެން އަނދަގޮނޑީގައި ބައިތިއްބާފައި މިހުރިހާ އަނިޔާއެއް ކުރި ދުވަސްވަރުގައި މީހުން ނުކުންނަ މިންވަރާ، މިހާރު ކަންކަމުގައި ނުކުންނަ މިންވަރާ ތަފާތުވާން ޖެހޭނެއެއްނޫންތޯ. އެހެންނޫނީ އަޅުގަނޑުމެން ދެކޭނީ ކިހިނެއްތޯ. މިހާރު މިސާލަކަށް އަޅުގަނޑުމެން ޢާންމުގޮތެއްގައި މިދެކެނީ، މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކީ ދިހަމީހުންނޭ ގޭގައިތިބީ. އެހެންވީމާ، އެއީ އަނދާޒާއަކީ. މިހާރު މިސާލަކަށް ކަރަންޓަށް ކިހާވަރެއް ނުކުތީ. އަޅުގަނޑަށް ވަކިއަދަދެއް ދަންނަވާކަށްނޭނގޭނެ. ދެން އެއަދަދު ނުކުތް އަދަދު ދެން އަޅުގަނޑަށް އެރޭ ބަލާނުލެވުނީ. އެހެންވީމާ، އަޅުގަނޑަށް ނޭނގުނީ އިނގޭތޯ. ދެންފަހުން އަޅުގަނޑު ދެތިން ފޮޓޯއެއް ބަލައިލިން. ދެން އެއަކުންނެއް އެނގޭވަރެއްނުވި. ދެން އެއަދަދު ދިހަޔަކާ ގުނަކުރީމާ އެއީ، އެކަމަށް ވަރަށް ނުރުހިފައިތިބި މީހުންގެ އަދަދެއް. އަޅުގަނޑަށްވެސް އޭރަށް އެބަ ފެނޭ ނޫންތޯ، އެބަ އެނގޭ ނޫންތޯ. މިއީ މިވެނި ކަމެއްގައި ރައްޔިތުން ނުރުހިތިބި މިންވަރޭ. އަދި އެވެނިކަމެއް ރަނގަޅުކުރަން ބޭނުންވާ މިންވަރޭ. އެއީކީ ސަރުކާރާ އިދިކޮޅުވަނީކީއެއްނޫނޭ އިނގޭތޯ. އެއްވެސް ހާލެއްގައި ސަރުކަރާ އިދިކޮޅުވަނީކީ ނޫން. އެއަށްވުރެ ބޮޑަކަށް އަޅުގަނޑުގެ ނަޒަރުގައި ސަރުކާރާ އެއްކޮޅެއް ނުވެވޭނެ. މަޑުމަޑުން ގޭގައިތިބެގެން އެއްޗެއް ނުބުނީމާ، އެ މާބޮޑަށް އިދިކޮޅު ވެވެނީ.

ޙުސައިން އަމީން ދި ޓީވީ:

އެކަމަށް އިޖާބަދިނުމަށް މަނިކުފާނު ކިހާބޮޑަށް އިސްކަން ދެއްވާނަންތޯ؟ ދެން އަޅުގަނޑަށް އެބަފެނޭ، މުޒާހަރާތަކުގައި ވަރަށްގިނަ ރައްޔިތުންނަށް، ޚާއްޞަކޮށް އަނިޔާވަމުން ދިޔަތަންވެސް ފެނިގެން ގޮސްފައިވޭ. އެހެންނަމަވެސް، ސަރުކާރުން ވިދާޅުވެފައިވާ ެއްޗެއް، މި ޤާނޫނުއަސާސީއަކީ މުޒާހަރާ ޤާނޫނުއަސާސީއެއްކަމާ އޭގެދަށުން މިކުރަމުންދާ މުޒާހަރާ ތަކުގައި މި ިބެމުންދާ އަނިޔާތައް ކިހިނެއްތޯ މަނިކުފާނު ސިފަކުރައްވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު ދަންނަވަންތޯ ވާހަކައެއް، ބޭރަށްނުކުމެއުޅެންޏާ، ކޮންމެވެވަރަކަށް އަނިޔާވާނެ އިނގޭތޯ. ވުމަކީ އެއްވެސްމީހަކު އެދޭގޮތެއްނޫން. ދެން އެހެންނަމަވެސް،އެއްވެސްކަމެއް ހަމައިން ނައްޓާލައިގެން ދާކަށް ފުލުހުންނެއް ފުލުސް ޤާނޫނެއް ފުލުހުންނަކަށް ޖާގައެއްނުދޭ. ކޮމިޝަނަރ އޮފް ޕޮލިސް އެބަ ހިންގަވަން ޖެހޭ ޚާއްޞަ ކަންތައްތަކެއް. ދެން އެބޭފޫޅާގެ ޤާނޫނީ މަސްއޫލިއްޔަތުތަކެއް ޒިންމާތަކެއް އެބައޮވޭ. އަޅުގަނޑެއް ކޮމިޝަނަރއޮފް ޕޮލިސްއަށް ގުޅާފައި ދުވަހަކުވެސް މިވެނިގޮތެއް ހައްދަވާށޭ އެވެނިގޮތެއް ހައްދަވާށޭ ނުދަންނަވަން. އަޅުގަނޑު އަބަދުވެސް ހަނދާންކޮށްދެނީ ޤާނޫނީ މަސްއޫލިއްޔަތު. އެޤާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވީމާ ނިމުނީ. ދެން އަޅުގަނޑު އުފާކުރަން އަނިޔާވެސް އެހާބޮޑަށް ބޭފުޅުންނަށް ނުވާކަން. އަދި ބައެއް ފަހަރަށް ބޭފުޅުން އަނިޔާވީކަމަށް އެހެން، އެއްކަލަ ވަގުތުގެ ޖޯޝުގައި އެހެން އަމިއްލަފުޅަށް ހީކުރެވޭ އެއްޗެކޭ. ދެން އެއީ އަޞްލަށް ބައްލަވާލެއްވީމާ ހަމަ ވަރަށް ޕޮލިޝްޑްކޮށް އަނެއްދުވަހު ހުއްޓާ އަނެއްކާ މިފެންނަނީ. އެހެންވިމާ، ވަރަށް އުފާވެސްވޭ. ދެން އަޅުގަނޑެއް ނުދެކެން އެއީކީއެއް އަޅުގަނޑުމެން ކަންބޮޑުވެގެން އުޅެންވާނެ ކަމެއްކަމަކަށް.

އަޙްމަދު ޙަމްދޫން ހަވީރު ނޫސް:

ދެންމެ ތިޔަ ދެއްކެވި ވާހަކަތަކާ ގުޅިގެން، ކަރަންޓުގެ މައްސަލާގައި އިހަށްރޭ ސްޓެލްކޯ ކައިރިއަށް އެއްވި މީހުންގެ އަދަދު ޢާންމުކޮށް އިދިކޮޅުފަރާތްތަކުން ބާއްވާ މުޒާހަރާތަކަށް ބަލާއިރު ހަމަ ފުދޭވަރަކަށް ގިނަކޮށް އަޅުގަނޑުމެންނަށް އެންމެންނަށްވެސް ފާހަގަކުރެވިގެންދިޔައީ. ދެން މަނިކުފާނު ގަބޫލުކުރައްވަންތޯ، މަކުފާނު ކަރަންޓުގެ މައްސަލާގައި ވެވަޑައިގެންފައި އޮތް ވަޢުދު އަބަދުވެސް ހަނދުމަފުޅުކޮށް އެ އަރުވަނީ، އެވަޢުދާ މަނިކުފާނު ޚިލާފުވެވަޑައިގެންފައިވާ ކަމަށް މަނިކުފާނު ގަބޫލު ކުރައްވަންތޯ؟ ނޫނީ މިހާރު ތިޔަ ގެންގުޅުއްވާ ސިޔަސަތާ ރައްޔިތުންގެ ގިނައަދަދެއްގެ ބަޔަކު ނުރުހުންވެގެން ސަރުކާރާ ދެކޮޅަށް، ތިޔަ ވިދާޅުވީ ދެކޮޅެއްނޫނޭ، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތާ ނުރުހުންވެގެން އެނުކުންނަނީކަމަށް ގަބޫލުކުރަންތޯ. އެއީ ހުސް މަނިކުފާނުގެ ސިޔާސަތަށް ގަބޫލު ނުވާ މީހުންކަމަށްތޯ މަނިކުފާނު ގަބޫލު ކުރައްވަނީ؟

ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން، އެއީ، ހުރިހާ އެންމެންގެ ތެރެއިން ގިނަ މީހުން އަޅުގަނޑަށް ވޯޓުދޭނެ. އަޅުގަނޑު ހަމަ އަދި އެތަނުން ތިޔަބޭފުޅާ، ހިނގާ އެތަނުން ނަގަން މީހުންކޮޅެއް، ނަގާފައި އަހަން މިއަންނަ އިންތިޚާބުގައި ކާކަށްތޯ ވޯޓުދެނީ. އަދި ހިނގާ އައްސަވަން، މިދިޔަ ހަތަރު އިންތިޚާބުގައި އޭނާ ވޯޓުދިނީ ކާކަށްތޯ. އޭނާއަށް އިނގޭތޯ، މުޒާހަރާއަށް ނުކުންނަމީހާ އަޅުގަނޑުމެންނަށް ތާއީދު މިކުރަނީ، އޭނާއަށް އެ ފުރްޞަތު އަޅުގަނޑުމެންނޭ ފަހިކޮށްދިނީ. އެ ހަމަ އެވާހަކަ ރައްޔިތުންނަށް އެ ބާރުމިނުގައި ބުނެދިނުމަށް. އެހެންވީމާ، އަޅުގަނޑެއް ކުޑަކޮށްވެސް ނުދެކެން. އެނުކުމެ، މުޒާހަރާއެއްގައި ބައިވެރިވެ ތިއްބެވި ބޭފުޅުން އެއީ ސަރުކާރާ އިދިކޮޅަށް ބައިވެރިވެ ތިއްބެވި ބޭފުޅުން ކަމަކަށް. ދެން ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިސާލަކަށް ކަރަންޓުގެ އަގު އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރަކުން ކަރަންޓުގެއަގު ބޮޑު ނުކުރާނެކަމަށް.

ދެން އޭގައި، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެންގެ ސިޔާސަތަކީ، ކުންފުންޏަށް ސަބްސިޑީ ނުދީ، ރައްޔިތުމީހާއަށް ސަބްސިޑީ ދިނުން. އެހެންވީމާ، އެބިލް ދެއްކުން އުނދަގޫވާ ފަރާތަކަށް އުނދަގޫވެގެނެއް ނުވާނެ، ބުރަ ބޮޑުވެގެނެއް ނުވާނެ. ދެން އެމަސައްކަތް އަޅުގަނޑުމެންނަށް ފުރިހަމަ ނުކުރެވިގެން މިއުޅެނީ. ކޮންމެފަހަރަކުވެސް އެމަސައްކަތް އަޅުގަނޑުމެނަށް ރަނގަޅު ހަމައަކަށް ނުގެނެވިގެން މިއުޅެނީ. ދެން އިރާދަކުރެއްވިއްޔާ މިފަހަރު އެކަން ގެނެވޭތޯ އަނެއްކާވެސް އެބަ ބަލަން. ދެން އަޅުގަނޑު ދެކެން، ސަރުކާރުގެ އެންމެހާ މުވައްޒަފުންވެސް އަދި ސިޔާސީ ބޭފުޅުންނަށްވެސް މިކަމުގެ މުހިންމުކަން މިހާރު ސާފުވެއްޖެކަން. މިއީ މިހާބޮޑު އަދަދެކޭ، މިއަދަދު އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ތަކްލީފެއްގެ ގޮތުގައި ދޫކޮށްލެވޭކަށެއްނެތޭ. ދެން އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަވެގެންދިޔަ ކަމަކީ އެއީހެން. ކަރަންޓުގެ މުހިންމުކަން.

ޢަބްދުއްލަޠީފް އާދަމް: މިއަދު ނޫސް

އަޅުގަނޑުމެންނަށް މިފެންނަނީ، ޙަޤީޤަތުގައި މިހުރިހާ މައްސަލައެއް މިނުކުންނަނީ ފައިސާއާ ހަމައިން. ފައިސާ މިހާރު ސަރުކާރުން ތިޔަ ދެއްވަނީ މަދަނަ ޕްރޮގްރާމުގެތެރެއިން. އެމީހުންގެ އަތަކަށްނޫން. ކޮންމެވެސް ސިފައެއްގައި ދޮގެއްތޯ؟ މިހެންދާއިރުގައި އަޅުގަނޑުމެން ޚާއްޞަކޮށް މީޑިޔާގައި މަސައްކަތްކުރާތީ، އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި މަދަނައިން ވެފައިއޮތް ވަރަށްބޮޑު ވަޢުދެއް، އެއީ މިއަހަރު ޖޫންމަހުގެ ނިޔަލަށް ސަރުކާރުން މަދަނަ އިންޝުއަރަންސް ކޮށްދޭންޖެހޭ. ހުރިހާމީހުން ކޮށްދީ ނިންމާނެކަށް ތަކުރާރުކޮށް މަދަނައިން ވަޢުދުވެފައި އެބައޮތް. އެހެންނަމަވެސް، މިހާތަނަށް ފުރިފައި ހުރި ފޯމުތަކާ، އެކަން ހިނގަމުންދާގޮތަށް ބަލާއިރު މިކަމުގައި އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭތީ، އެހެންވީމާ، ދޮޅުމަސްދުވަސް ކުރިޔާލައި އަޅުގަނޑުމެން މަނިކުފާނަށް މިދަންނަވާލަން ބޭނުންވަނީ، މިއީ މަނިކުފާނު ވަރަށް ސަމާލުކަން ދެއްވައިގެން ކުރިޔަށްގެންދަވާ ޕްރޮގްރާމަކަށް ވާއިރު މިވަޢުދު ފުއްދޭނެކަމުގެ، މިހާރު ތިޔަ އުފެއްދެވި ކޮމިޓީއާ އެއްކޮށް މިކަންކަން ފުރިހަމަވެގެންދާނެކަމުގެ އެއްވެސް އުންމީދެއް އެބައޮތްތޯއޭ.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ލަޠީފް އަޅުގަނޑު ވަރަށްބޮޑަށް ބަލަމުން މިދަނީ އިނގޭތޯ، ދެން އަޅުގަނޑުގެ އުންމީދަކީ، މިހާރު ސަރުކާރުގެ ހުރިހާ މުވައްޒަފުން ކޮށްލަން ވަރަށްފަސޭހަ. ހަމަ ހުރިހާ މުވައްޒަފުންގެ ލިސްޓެއް ގެނެއްސާ އެމީހުން މަދަނައިގައި ބައިވެރިވީއޭ ބުނީމާ އަޅުގަނޑުމެންނަށް ނިމުނީ. އެކަމަކު އެންމެ ބޭނުންވާ މީހުންނަށް އަދިވެސް އެބައާދޭ އިނގޭތޯ. ހަމަ ވަރަށްގިނަ އަދަދެއްގެ މީހުން މަދަނައިގައި ބައިވެރިނުވެ، އެހެންނަމަވެސް ހަމަ ބޮޑެތިބޮޑެތި ތަކްލީފްތައް އުފުލަންޖެހޭ، އެ ބުރަ ނުއުފުލޭފަދަ މީހުން. އެމީހުންނަށް އެހީތެރިވެދިނުން ވަރަށް މުހިންމު. އެހެންވީމާ، އެންމެ އާމްދަނީ މަދު މީހުން އޭގައި އަޅުގަނޑުމެންނަށް ފާހަގަވެފައި މިތިބީ. 104000 މީހުން ތިބޭކަމަށް. ދެން އަޅުގަނޑުމެންނަށް މި ފެނިގެން މިއުޅެނީ އޭގެތެރެއިން 30 ހަކަށް ހާސް މީހުންނޭ އަދި މަދަނައިގައި ބައިވެރިކޮށްދެވުނީ. ދެން ނުހޯދިގެން މިއުޅެނީ އަނެއް 70 ހާސް މީހުން ކޮބައިތޯ، ކޮންކޮން ތަންތަނެއްގައި ކޮންކޮން ގޭގެއެއްގައިތޯ، ހަމަގައިމުވެސް ސަރުކާރަކުނޫން ކޮންމެހެނެއް އެމީހުން ތިބީކީއެއް. އެހެންވީމާ، އަޅުގަނޑުމެން ހޯދަމުން މިދަނީ އެންމެ ޙައްޤު މީހުންނަކި ކޮބައިތޯ، އެ ފެނުނީމާ އަޅުގަނޑުމެން އެ ރައްޔިތުން އޭގައި ބައިވެރި ކޮށްދޭނަން.

ދެން ލަޠީފް އެއްސެވި ސުވާލަށް، އަޅުގަނޑަށް ދެން އުންމީދު އެބަ ކުރަން، ޖޫންމަހުގެ ނިޔަލަށް، އިރާދަކުރެއްވިއްޔާ މަދަނައިގައި ވީހާވެސް ގިނަ ބައެއް ބައިވެރިކޮށްދެވޭނެ ކަމަށް. ޚާއްޞަކޮށް ކަރަންޓު ސަބްސިޑީ ޙައްޤުވާ ހުރިހާ ފަރާތެއް އޭގައި މަދަނައިގައި ބައިވެރި ކޮށްދެވޭނެކަމަށް. އެކަމަކު މިހާރުވެސް އެމީހުން ނިންމާފައި އޮތް އެއް ނިންމުމަކީ، ސާރޗާޖުގެ ގޮތުގައި ދިޔަ ފައިސާ މިފަހަރު މަދަނައިން ދޭން. ދެން އެ ސަރޗާޖަށްވެސް އަޅުގަނޑުމެން އެބަހާލުންވެސް އޭގެތެރޭގައި ހިމެނޭ. އެހެންވީމާ، މީގައި އަޅުގަނޑުމެންނަށް މިފެންނަ އެއްޗަކީ މިގެނައި ބަދަލާއެކީގައި ސްޓެލްކޯގެ ބެލެންސްޝީޓާ، އެކުންފުނީގެ ހިސާބުތައް ވަރަށް ސާފުވެގެން ހިނގައްޖެ. ދިޔައިމާ، އެކުންފުންޏަށް އިތުރު އިންވެސްޓްމަންޓްތައް ދެވޭނެ އިތުރު ފުރްޞަތުތައް ލިބިއްޖެ. ލިބުނީމާ ދެން ކަރަންޓުގެ ޚަރަދު ދަށްވާ މިންވަރު ހަމަ މިއަދު މިސާލަކަށް، ސްޓެލްކޯއިން ވަޑައިގެން އެތިއްބެވީ ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ސީދާ ސްޓެލްކޯގެ އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި މާލެއާއި ހުޅުލެއާ ދެމެދުގައި ނަރެއް އަޅަން. އަޅާފައި އެއް އިންޖީނުގެއަށް ހަދަން. އޭރަށް މާލޭގެ ކަރަންޓަށް އެތައްތަނެއް ލުއިވެގެންދާނެ.

މިބާވަތުގެ ޕްރޮޖެކްޓްތަކަށް ކަރަންޓް ކުންފުންޏަށް ރީތިކޮށް ސާފުކޮށް ދެވޭނީ އެކުންފުންޏަކި ވަރުގަދަ ކުންފުންޏަކަށްވެގެން. އެހެންނޫނީވިއްޔާ މިވާއެއްޗަކީ ދިވެހި ސަރުކާރުގެ ބާރުގައި ހުރިހާ ކުންފުނިތައްވެސް މިހަރަކާތްތެރިވާން މިޖެހެނީ. އެހެންވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އަމާޒަކީ ވަރުގަދަ ކުންފުންޏެއް ހުރުން. ދެން އެހެންވީމާ، އެކުންފުންޏަކީ ތެލުގެއަގު ބޮޑުވީމާވެސް އެ ކުންފުނީގެ އަމިއްލަ ރިޒާރވުން އެކަން ތަޙަންމަލް ކުރެވި، އެ ބަހާލެވި ދިގުމުއްދަތުގައި އެކަންކަން ރައްޔިތުންނަށް އެހާބޮޑަށް އަސަރު ނުފޯރާނެ ކަހަލަގޮތަކަށް ކަންކަންވާނެގޮތަކަށް ދިއުން. އެހެންވީމާ، އަޅުގަނޑުމެން ޖޫންމަހާހަމައަށް މަދަނާގައި ވީހާވެސް ގިނަބަޔަކު ބައިވެރިކުރެވޭތޯ މިބަލަނީ. ދެން އަޅުގަނޑުގެ އުންމީދަކީ މިހާރު ހަދާފައި މިއޮތް ކޮމިޝަން މެދުވެރިކޮށްގެން، އެކަންއެހެންވުން.

އަޅުގަނޑު ހަމަ އެންމެފަހު އެއްސުވާލު އަދި އަރުވާނަން. އާދެ، ޙަމްދޫން

އަޙްމަދު ޙަމްދޫން: ހަވީރު ނޫސް

ލޯކަލް ކައުންސިލުގެ އިންތިޚާބުގެ ބިލާބެހޭގޮތުން މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި، ރިޒޯޓެއްގައި ހުންނަވާ ބޭފުޅަކުވެސް އެބޭފުޅާގެ ރަށަށް އާމްދަނީ ނިސްބަތް ކުރައްވަނީ ކަމަށް. އެހެންވީމާ، އެބޭފުޅާއަށްވެސް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނަންވާނެއޭ. އެހެންނަމަވެސް ބައެއް ބޭފުޅުން ވިދާޅުވޭ، އެރަށެއްގައި ނުހުންނަ މީހަކަށް އެރަށެއްގެ ކަންތައްތަކުގައި ފާޑުކިޔުމުގެ ފުރްޞަތެއް ނޯންނާނެއޭ. ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް އެރަށެއްގައި ދިރިއުޅޭ މީހުންނަށޭ، އެރަށެއްގައި ވޯޓުލެވޭގޮތް މިއޮންނަނީ. ކޮބައިތޯ މީގައި، މިދެންނެވީ އަޅުގަނޑުމެން އިލެކްޝަން ކޮމިޝަންގެ މިސާލަކަށް، ރައީސާ ވާހަކަދައްކާލީމާ އެބޭފުޅާވެސް ވިދާޅުވީ މިއޭ އޮންނަގޮތަކީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުދެން މިގޮތަށް ދަންނަވާކަށް ނެތިން، ކޮންރަށެއްތޯ ހަމްދޫން!

އަޙްމަދު ޙަމްދޫން: ހަވީރު ނޫސް

އަޅުގަނޑު އައްޑުއަތޮޅު

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ތިޔަބޭފުޅާ ރަށަށް ކިހާ ޚިދްމަތެއް ކުރައްވަންތޯ؟

އަޙްމަދު ޙަމްދޫން: ހަވީރު ނޫސް
ދެން އަޅުގަނޑު މާލޭގައި މި ދިރިއުޅެނީ ގައިމުވެސް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު ކޮންމެ މީހަކުވެސް އެމީހާގެ އުފަންރަށަށް އެހާމެ ޚިދްމަތް އެބަކުރޭ. އަޅުގަނޑަކަށެއް ނުކެރޭނެ، އެރަށު ރައްޔިތުން ކައިރީގައި އަހާލިޔަސް އެމީހުންނަށް އެބައެނގޭ، ހަމަ އެރަށުގެ ދަރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންކަން، އެރަށަށް ފައިސާ ހޯދުމާއި، ރަށުގެ ތަރައްޤީއާ، ރަށް ކުރިއެރުވުމުގެ ކަންތައް ކުރިޔަށް މިގެންދަނީ. އެހެންވީމާ، އަޅުގަނޑަށް ހަމަ ދަތިވެގެން މިއުޅެނީ، އަޅުގަނޑަށް މިރާއްޖެ އެނގޭތީވެ. އަޅުގަނޑު ރަށްރަށް ދަންނަން. ރަށްރަށުގެ ރައްޔިތުން ކައިރީގައި މިހާރުވެސްގޮސް ރަށެއްގައި، ހިތަދޫއަށްގޮސް ނުވަތަ ހުޅުމީދޫއަށްގޮސް އައްސަވަބައްލަވާ، މިރަށުގައިތިބި މީހުންހެއްޔޭ މިރަށަށް ވޯޓު ދޭންވީ. އެރަށް ހިންގަނީ ހަމައެކަނި އެވަގުތު އެރަށުގައި ތިބި މީހުންގެ ބާރުން ހެއްޔޭ؟ ނުވަތަ އެމީހުންގެ ނިންމުންތަކަށް ހެއްޔޭ؟ މުޅިރާއްޖޭގެ އެކިކަންކޮޅުގައި ޚާއްޞަކޮށް ރެޒޯޓުތަކުގައި މިއުޅެނީ. އެ ދެންހަމަ ރެޒޯޓެއްގައި މިއުޅެނީ، އެނބުރި ރަށަށް ނާދެވޭތީ ޙަޤީޤަތުގައި. އެހެންނޫންނަމަ އޭނާ ހުންނާނީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ރަނގަޅަށް މިކަންކުރެވިފައި އޮތްނަމަ، ކާކުތޯ އަމިއްލަ ވަޒަން ދޫކޮށްލާފައި ގޮސް ހުންނާނީ. އަދި އެހެން އެމީހުން ލައްވާ އެކަން ކުރުވާފައި ދެން އަދި އިތުރަށް އެއް އަދަބުދޭން، އެކަން އެހެން ކުރީތީވެ. އޭގެއިން އެއްވެސް ބޭފުޅެއްގެ ހަމަ އެއްވެސް ރައްޔިތެއްގެ އަމިއްލަ އިޚްތިޔާރުންތޯ ވަޒަން ދޫކޮށްލާފައި ޙަޤީޤަތުގައި އެތިބީ. އަނބިދަރިންނަށް ކާންދޭންޖެހޭ، ދަރިންނަށް ކިޔަވައިދޭންޖެހޭ، ބޭސްފަރުވާ އެބަ ކޮށްދޭންޖެހޭ. އެނގިލައްވާނެ، އޭގެއިން ރަށްރަށުގެ ކަންތައްތައްހުރި މިންވަރު. އެ ރައްޔިތުންނަށް އެހެންނެއް އެކަމެއް ކޮށެއްނުދެވޭނެ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ އިންސާފުވެރި ގޮތެއްނޫން. މިދަންނަވާހެން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން ނޫނެކޭ ތިމަންމެން އެދެނީ މިގޮތަށޭ. އެހެން މަޖިލީހުން ބުނުއްވައިފިއްޔާ އަޅުގަނޑު ދޫކުރާނަން. އެކަމަކު އެހެންނަމަވެސް ޤާނޫނުއަސާސީ އެބަ ލާޒިމުކުރޭ، ރާއްޖޭގެ ރައްޔިތުންގެ އެތައް ބައެއް ރިޔާސީ ނިޒާމުގައި އުފައްދާފައި އެބަތިބި. ދެން އެހެންވީމާ، ރިޔާސަތަށް އެބައޮތް މަސްއޫލިއްޔަތެއް، މިކަމާގުޅޭގޮތުން އެހެން ނަޒަރަކުންވެސް ވިސްނުމަށް.

އަޅުގަނޑު ވިސްނި ވިސްނުމުގައި އަޅުގަނޑަށް ފެނުނުގޮތް މިއީ. ދެން މިގޮތް އަދިވެސް ކަމުނުދާކަމަށް ވިދާޅުވެއްޖިއްޔާ އަޅުގަނޑު އެނބުރޭނަން. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުގެ އެދުމަކީ ދުޢާއަކީ މިކަންކަމުގައި ދުރަށް ވިސްނަވައްޗޭ. ހަމައެކަނި މިއަދާ މާދަމައަށް ނުވިސްނަވާށޭ! ދުރަށް ވިސްނަވާފައި ދެން އޮތް އެންމެ ރަނގަޅުގޮތް އަޅުގަނޑުމެން އެންމެންވެސް ހެދީމާ ރަނގަޅުވާނެ. އަޅުގަނޑު ހަމަ ހައްތަހާވެސް ދަންނަވާވާހަކައަކީ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. والحمد للّـه، ވަރަށްބޮޑަށް ޝުކުރިއްޔާ.