ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބިލެތްދޫ ފެނަކަ އޮފީހުގައެވެ

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ފަށާފައިވާ މުހިންމު މަޝްރޫޢުތައް އަވަހަށް ނިންމައިދެއްވުން އެދިފައެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ރަށުގެ އަންހެނުންނަށް ޚާއްސަކޮށް އިންޑޯޖިމެއް އަދި ވޮލީކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑޯޖިމް، ޔޫތު ސެންޓަރ އަދި ވޮލީކޯޓަކީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައްކަން ފާހަގަކުރައްވައި ބިލެތްދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ބާރަށް ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.