ސުވާލު:
އަޅުގަނޑު ރައީސަށް ކޮށްލަން ބޭނުންވާ ސުވާލަކީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ބޭނުންވެއްޖެއްޔާ ގުޅީފަޅަށް ނޫނީ ހުޅުމާލެއަށް ގޯތި ބަދަލުކުރެވޭނެ ގޮތެއް އޮތްތޯ ބަލާލަން އަޅުގަނޑު ބޭނުންވަނީ.

ޖަވާބު:
އާމިނަތު ލީލާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ! ތިޔަ ސުވާލު އަޅުގަނޑަށް އެބަ ކުރިމަތި ކުރައްވާ ބައެއް އެހެން ބޭފުޅުން ވެސް. ގިރާވަރުފަޅުން ގޯތި ލިބުނު ބޭފުޅުންވެސް ތިޔަ ސުވާލު އެބަ ކުރައްވާ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަ ކަމަށް އަދި ގޮތެއް ނުނިންމަމޭ. ތިޔަ ކަމަކީ ފުރުޞަތު އޮތްކަމެއް. އަދި އެހެންނަމަވެސް ސިޔާސަތެއް ކަނޑައެއްނާޅަން. ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ގޯތިދޭއިރު އެތަނުން ގޯތި ލިބިދާނެތޯ، ނޫންތޯ އަޅުގަނޑުމެން ކަނޑައަޅާނަން. ދެ ތަނުގެ ވެސް ލޭންޑްޔޫސް ޕްލޭން މިހާރު ފައިނަލް ކުރުމުގެ މަސައްކަތުގައި މި އުޅެނީ. ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުޞަތު އޮތް ކަމެއްގެ ގޮތުގައި ބަލައި އަޅުގަނޑުމެން ތިޔަ ސުވާލަށް ވަރަށް ސީރިއަސްކޮށް އެޓެންޑްވަމުން ދާވާހަކަ ދަންނަވަން.
އިރާދަކުރެއްވިއްޔާ ތިޔަށް ވަރަށް އަވަހަށް ޖަވާބެއް ދޭނަން.