ސުވާލު:
ފުރަތަމަ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، މުޢިއްޒު ވިދާޅުވެފައި އޮތް އެއްޗެއް މިވަޢުދަކީ. މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓޭނީ ކޮންއިރަކުންތޯއޭ؟ އަހަރު ނިމުމުގެ ކުރިންތޯ ނޫނީ މިފަސްއަހަރު ނިމޭއިރުތޯއޭ؟ ނޫނީ ކިހާ ހިސާބެއްގައިތޯއޭ، ތާރީޚެއް އެނގެން ބޭނުންވޭ އިނގޭތޯ. ދެވަނަ ކަމަކަށްއޮތީ އަނެއްކާވެސް މިރަށުގެ އެފަޅި އެއްކޮށް ހިއްކައިދޭނަމޭ އޮތީ ވިދާޅުވެފައި. އެންމެ ފަހު ވަގުތު ނުކޮށް ތަންކޮޅެއް ކުރިން ކޮށްދެވޭނެގޮތެއް ވާނެތޯއޭ . ދެން އޮތީ ޑޮލަރު ލިބުމުގައި މިވާ ދަތި އިނގޭތޯ. އެކަން ޙައްލު ކޮށްދެވޭނީ ކޮންދުވަހަކުންތޯއޭ؟ އެއީ ވަރަށް ޙާލުގައި އާންމު މީހުން ޑޮލަރު ހޯދަން މިޖެހެނީ. އާސަންދައިން ޓިކެޓް ލިބުނަސް އަދި ސަލާމްޖަހައިގެން އެލިބޭ 500 ޑޮލަރުން ނުއެއްވޭ. އެއަށްވުރެ ރަނގަޅުގޮތަކަށް އެކަންވާނެ ގޮތެއް ހަމަޖައްސައިދެވޭނީ ކޮންދުވަހަކުންތޯއޭ؟ އެއީ އަޅުގަނޑު އަސްލު މުޢިއްޒުއާއި ކޮށްލަން ބޭނުންވާ ސުވާލަކީ.

ޖަވާބު:
އާދެ! އަޙްމަދު ސަމީރު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް މުހިންމު ދެތިން ސުވާލު ތިޔަ ކުރެއްވީ. އެއްކަމަކީ މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓާނީ ކޮންއިރަކުންތޯ؟ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވަޢުދެއް. އަދި އެއީ ކޮންމެހެން ކުރަންޖެހޭކަމެއް. ބޭންކް އޮފް މޯލްޑިވްސްއާއި ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ހަމަ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން.
ދެވަނަ ކަމަކަށް މާފުށީގެ ބިން ހިއްކުމަކީ ދެންމެ ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑު ވަޢުދުވިކަމެއް. އެކަން ވާނީ ކޮންއިރަކުންތޯ؟ މިއަހަރުތެރޭގައި އެ މަޝްރޫޢު ފެށުން ފަހަރެއްގައި އަންލައިކްލީ ވެދާނެ. އެހެން ނަމަވެސް ހަމަ ވީހާވެސް އަވަހަކަށް، ދެންމެ ތިޔަ ވިދާޅުވިގޮތަށް އެންމެ ފަހު އަހަރަށް މަޑުކޮށް އެގޮތަކަށް ނޫން. އަޅުގަނޑު މަސައްކަތްކުރާ ގޮތަކީވެސް، ވީހާވެސް އަވަހަކަށް، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭ މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދެވޭތޯ ބެލުން. އެހެންވީމާ މިވަގުތު ތާރީޚް ދަންނަވާނުލެވުނަސް ހަމަ ވަރަށް އަވަސް އިސްކަމެއްދީގެން ވަރަށް އަވަހަށް އެމަޝްރޫޢު ފެށޭތޯ މަސައްކަތް ކުރާނަން.
ދެން ޖުމްލަކޮށް ޑޮލަރުގެ ތާށިކަން އެއީ އިޤްތިޞާދީގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނެވުނީމާ، "ރިފޯމް" ގެނެވުނީމާ "އެކްސްޕެންޝަން" ފުޅާވުން ގެނެވުނީމާ އަންނާނެކަމެއް. އިރާދަކުރެއްވިއްޔާ ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގަން ފެށުނީމާ، އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމާ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ. އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސްވާނެ. ފަސޭހަވާނެ.