ސުވާލު:
އައްސަލާމްޢަލައިކުމް. އަޅުގަނޑަށް ކިޔަނީ ޒުލައިޚާ ރަފީޢު. މާވަށު ސްކޫލް ޕްރިންސިޕަލް. އަޅުގަނޑު އަސްލު ރައީސްއަށް ދަންނަވާލަން ބޭނުންވަނީ މިހާރު ކުރިއަށް މިގެންދެވޭ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޤައުމިއްޔަތު މާއްދާ ކިޔަވައިދިނުމުގެ ބައިގައި، ލ. އަތޮޅުގެ އެއްވެސް ސްކޫލެއްގައި އަދި މިވަގުތު ކިޔަވައިނުދެއޭ. އެހެންވީމާ އަޅުގަނޑުމެންގެ ސްކޫލްތަކަށް އެފުރުޞަތު ލިބިގެންދާނީ ކޮންއިރަކުންތޯއޭ؟

ޖަވާބު:
އާދެ! ޒުލައިޚާ، ލ. މާވަށު ސްކޫލް ޕްރިންސިޕަލްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިހާރު ޤައުމިއްޔަތު މާއްދާގެ ހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކްޓް ފޭސް. 11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއިން ޚިޔާރު ކުރައްވައިގެން އެކި ކަހަލަ ޕައިލެޓް ކުރުމުގެ މަސައްކަތްތަކެއް ހިނގަނީ. ދެން މިހުރިހާ ކަމެއް ނިމުނީމާ އިރާދަކުރެއްވިއްޔާ ދެން ފެށޭ ދިރާސީ އަހަރު، ޤައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ.