ރައުނާ: އައްސަލާމު ޢަލައިކުމް:
ރައީސް: ވަޢަލައިކުމުއް ސަލާމް

ސުވާލު:
އަޅުގަނޑުގެ ސުވާލަކީ ތ. އަތޮޅަކީ ވެސް ވަޒީފާތައް ވަރަށް ހަނި އަތޮޅަކަށް ވުމާއި އެކު އަޅުގަނޑުމެންނަށް ވޭމަންޑޫއިން އޭލެވެލް ކިޔެވުމުގެ ފުރުޞަތު ފަހިވެފައި އޮތަސް އަޅުގަނޑުމެން މަތީ ތަޢުލީމު ހާސިލްކުރުމަށްފަހު ވަޒީފާއެއް ހޯދުމަށް މި ޖެހެނީ މާލެ ބަދަލުވާން. އެހެންކަމުން މަނިކުފާނުގެ ވިސްނުންފުޅުގައި އެބައޮތްތޯ އަޅުގަނޑުމެންނަށް ގްރޭޑް 10 ނިންމައިގެން މަތީ ތަޢުލީމު ހާސިލްކުރުމަށް ފަހު ރަށުގައި ތިބެ ވަޒީފާގެ ފުރުޞަތު ފަހިވާނެ ގޮތެއް؟


ޖަވާބު:
ވަރަށް ރަނގަޅު ސުވާލެއް ރައުނާ ތިޔަ ކުރެއްވީ. ޒުވާންކުދިންނަށް ޚާއްސަކޮށް މާލެ ނުގޮސް އަތޮޅުގައި،ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ހޯދައިދޭން ބޭނުން. ދެން މި އަތޮޅަކީ ވަޒީފާގެ ފުރުޞަތުތައް ނިސްބަތުން ވަރަށް މަދު އަތޮޅެއް. އެންމެ ރިސޯޓެއް އޮތީވެސް. އެހެންވީމާ ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މިތަނަށް ގެނެވިގެން. ޓުއަރިޒަމް ފުޅާކުރެވިގެން. ރިސޯޓްތައް ގެނެވިގެން. ނުވަތަ މަސްވެރިކަމުގެ އެކިކަހަލަ ފުރުޞަތުތައް ލިބިގެން. ނޫނީ ޒުވާންކުދިންނަށް ބޭނުންވާނެ ކްރިއެޓިވް އެކިކަހަލަ ފުރުޞަތުތައް ހޯދައިދީގެން.
ދެން އެއްކަމަކީ ކޮންމެތަނެއްގައި ހުރެގެންވެސް ކްރިއެޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތްކުރަންވީ. އޭރުން އެކުއްޖެގެ ޓެލެންޓް ބޭރުގެ މާރކެޓްތަކަށް ވެސް އޮންލައިން ވިޔަފާރީގެ ތެރެއިން ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން އެކިކަހަލަ ޓެލެންޓު ހުންނަ ކުދިން މި ތިބެނީ. އެހެންވީމާ އެ ހުންނަ ތަން މެޓަރ އެއް ނުވާނެ އޭރުން. އެހެންވީމާ އެކަހަލަ ފުރުޞަތުތައް ވެސް ހޯދައިދޭން އެބަ މަސައްކަތްކުރަން.
ދެން އޭގެއިތުރަށް އަމަލީގޮތުން ކޮންމެވެސް ކަހަލަ މަސައްކަތްތަކެއް ކުރަން ބޭނުންވާ ޒުވާން ކުދިންނަށްވެސް މި އަތޮޅުތެރޭގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދޭން އިޤްތިޞާދީ ފުރުޞަތުތައް މިތަނަށް ފުޅާކޮށްދޭން އަޅުގަނޑު ވިސްނާފައި މިއޮތީ.
އެހެންވީމާ ރިސޯޓުތައް ގެނައުމާއި އަދި އެކިކަހަލަ ފުރުޞަތުތައް ފުޅާކުރަން ވަރަށް ބޮޑަށް ސަމާލުކަންދޭނަން. މިދިޔަ ހުރިހައި ދުވަހަކު މިއަތޮޅުގައި ނެތް އެ އޮޕަޗިއުނިޓީތައް ލިބިފައެއް. އެހެންވީމާ ރައުނާއަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އުއްމީދުކުރާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ނަތީޖާ ނެރެދޭނަމޭ. އިނގޭތޯ!
ޝުކުރިއްޔާ.