ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިއަދު ޒިޔާރަތް ކުރައްވައި އެސްކޫލްގެ މަސައްކަތައް ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަރަބިއްޔާ ސްކޫލަށް މިއަދު ހެނދުނު ކުރެއްވި މިޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ބައްލަވައިލައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ އިސްވެރިން ވަނީ ސްކޫލާބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވައިފައެވެ.