ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް ހެލްތަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ. 

އެމަނިކުފާނުގެ މި ޒިޔާރަތުގައި މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވައިފައެވެ.