ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަހަރު އަލަށް ހުޅުވި ފިންލެންޑް ސްކޫލަށް މިއަދު މިއަދު ޒިޔާރަތް ކުރައްވައި އެސްކޫލްގެ މަސައްކަތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިންލެންޑް ސްކޫލަށް މިއަދު ހެނދުނު ކުރެއްވި މިޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ އިސްވެރިން ވަނީ ސްކޫލާ ބެހޭ ބައެއް މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވައިފައެވެ.