"ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މި އެއްބަސްވުން ތަޞްދީޤުކުރުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި އެއްބަސްވުމުގެ ދަށުން ތިމާވެއްޓާއި ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ގަނެވިއްކުމަށް ސާކްގެ މެންބަރު ޤައުމުތަކަށް މަގުފަހިވާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސާކްގެ މެންބަރު އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ފަންނީ އަދި ޓެކްނޯލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށްވެސް މަންފާކުރާނެއެވެ.