ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު އޮތް ޓީ.އެފް.ޖީ. 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތަކީ ޓީ.އެފް.ޖީ.ގެ ފަރާތުން އިންތިޒާމްކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.