ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ޑޮކްޓަރ ޢަބްދުލްޙައްނާން މިއަދު ޢައްޔަން ކުރައްވައިފިއެވެ. 

ޑޮކްޓަރ ޢަބްދުލްޙައްނާން ޢައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. 

ޢަބްދުލްޙައްނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ކޮލިޓީ އެޝުއަރެންސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލްކުރައްވާފައިވާފައިވާ ބޭފުޅެކެވެ.  

ޢަބްދުލްޙައްނާން އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑަރޑްގެ އެޑިޓަރެއްގެ މަޤާމެވެ.