ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން ޙަސަން ޒިލާލް، 2018 ޑިސެންބަރު 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައިވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ، 2006 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ. އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ބެޗެލަރ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.