ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނު އުފަންވެވަޑައިގެންނެވި ރަށްކަމުގައިވާ ފާދިއްޕޮޅު ހިންނަވަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ރ. އަތޮޅު ދުވާފަރަށާއި ނ. އަތޮޅު ހެނބަދޫއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ކުރެއްވި ނުރަސްމީ ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއްވެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު މާދަމާ ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން  އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.