ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. 
 
ރައީސުލްޖުމްހޫރިއްޔާ، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ހެންވޭރު ރޭ، އިބްރާހީމް އަޝްރަފެވެ.
 
އިބްރާހީމް އަޝްރަފް މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.