ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މާފަންނު ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު އަޙްމަދު ޙުސައިން މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ. މުޙައްމަދު އަޙްމަދު ޙުސައިނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.