ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޮޅިވަރަމަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށާއި، ނޮޅިވަރަމް ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި، އެތަންތަނުގެ ޙާލަތު ބައްލަވައިލައްވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވިއެވެ.