ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) ގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމް.ޑަބްލިއު.އެސް.ސީއަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ކުންފުނީގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ކުންފުނީގެ އިސްވެރިން ވަނީ ކުންފުނި ހިނގަމުންދާގޮތުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. މީގެއިތުރުންވެސް ރައީސުލްޖުމްހޫރިއޔާގެ ނައިބު ވަނީ އެމް.ޑަބްލިއު.އެސް.ސީ ގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.